ފިލިޕީންސް، ސްޕެއިން، ނިއު ޒީލެންޑަށް އައްޔަނުކުރާ ނޮން-ރެޒިޑެންޓް ސަފީރުންނަށް ރުހުން ދީފި

ތިން ގައުމަކަށް ރާއްޖޭން ކަނޑައަޅައި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ --

ތިން ގައުމަކަށް ރާއްޖޭން ކަނޑައަޅައި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މިގޮތުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުން ދީފައިވަނީ ފިލިޕީންސް، ސްޕެއިން އަދި ނިއު ޒީލެންޑަށް ރާއްޖޭން ކަނޑައަޅައި ނޮން-ރެޒިޑެންޓް ސަފީރުންނަށެވެ. 

ފިލިޕީންސަށް ރާއްޖޭން ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރަކަށް އައްޔަނުކުރަން ރައީސް މުއިއްޒު ހުށަހަޅުއްވާފައިވާނީ، މެލޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑރ. މަރިޔަމް ޝަބީނާ އަހުމަދު އެވެ.

އޭނާއަށް މަޖިލީހުން ރުހުން ދީފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ޝަބީނާ އަށް ރުހުން ދޭން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.

ސްޕެއިންގެ ނޮން-ރެޒިޑެންޓް ސަފީރަކަށް އައްޔަނުކުރަން ރައީސް ހުށަހެޅުއްވި، އިނގިރޭވިލާތަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމަށް މަޖިލީހުގެ ރުހުން ލިބިފައިވަނީ 54 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އިރުތިޝާމަށް ރުހުން ދޭން ފެނޭތޯ ނެގި ވޯޓުގައި ވަކިކޮޅަކަށް ވޯޓު ދޭން ބޭނުންނުވާ މެމްބަރަކު އިންނެވި އެވެ. 

ނިއު ޒީލެންޑުގެ ނޮން-ރެޒިޑެންޓް ސަފީރަކަށް، ސިންގަޕޫރަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުހައްމަދު ލުވެއިޒަށް މަޖިލީހުން ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.