ބައެއް ސަރަހައްދުތަކަށް މިއަދު ވެސް ވަރަށް މޫސުން ގޯސް

މެޓް އޮފީހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައި ވަނީ ހއ. ކެލައަށެވެ. އެރަށަށް 145.5 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ.

މޫސުން ގޯސް ދުވަހެެއް: -- ދަމިރާ

ރާއްޖޭގެ އުތުރުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށެވެ. މިއަދު މެންދުރުފަހު 1:30 އާ ހަމައަށް ނެރެފައިވާ އެ އެލާޓުގައި ބުނެފައިވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރެއިން ފެށިގެން އެ ސަރަހައްދު އޮތީ ޔެލޯ އެލާޓުގަ އެވެ. ގިނަ ރަށްރަށަށް ދަނީ ވަރަށް ބޯކޮށް ވާރޭވެހެމުންނެވެ. 

އެގޮތުން، މެޓް އޮފީހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައި ވަނީ ހއ. ކެލައަށެވެ. އެރަށަށް 145.5 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ.

ދެން އެންމެ ގިނައިން ވާރޭވެހުނު ކަމަށް ލަފާކޮށްފައި ވަނީ ހދ. ހަނިމާދޫ އަށެވެ. އެރަށަށް 72.6 މިލިލީޓަރުގެ ވާރޭވެހިފައިވާއިރު، ނ. މާފަރަށް 65.6 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ.

އިއްޔެއާއި މިއަދު އުތުރާއި މެދުރާއްޖެތެރެއަށް ކުރަމުން މިދާ ވިއްސާރައަކީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރާ ވިއްސާރަ އެވެ. އެހެންވެ، މެޓް އޮފީހުން ވަނީ އެ ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހޭނެކަމަށް ލަފާކުރެވޭތީ އިއްޔެ އާއި މިއަދު އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ކުރިން ލަފާކޮށްފަ އެވެ.

މި ވިއްސާރަ މާދަމާ އަލިވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.