ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މާރާމާރީގައި ބައިވެރިވި ދެ ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އިތުރު ހަތަރު ކުދިން ހިފަހައްޓާފައިވާ ކަމަށެވެ.
އުމުރުން 18 އަހަރުން ދަށުގެ ކުދިންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގައި އެތަނުން އެއްކުއްޖަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ މިރޭ 10:00 ހައިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި 18 އަހަރުން ދަށުގެ ކުޑަކުދިންތަކެއް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
"މި މާރާމާރީގައި އެތަނުން އެއް ކުއްޖަކު ޒަހަމްވެފައިވޭ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މާރާމާރީގައި ބައިވެރިވި ދެ ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އިތުރު ހަތަރު ކުދިން ހިފަހައްޓާފައިވާ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.