ސީއެސްސީގެ ނައިބް ރައީސް އިސްތިއުފާ ދެއްވައިފި

އިބްރާހިމް ރަޝީދު މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށް، ތަޅުމަށްވެސް ފޮނުވާފައި ވަނިކޮށެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު: އޭނާ ވަނީ އިސްތިއުފާ ދެއްވާފައި -- ފޮޓޯ: ޕީއެސްއެމް ނިއުސް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް، އިބްރާހިމް ރަޝީދު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އިބްރާހިމް ރަޝީދު އެ ކޮމިޝަނަށް ކޮށްދިން ހިދުމަތް ފާހަގަކޮށް، ސީއެސްސީ އިން މިއަދު ވަނީ ޝުކުރު އަދާކޮށް އެކްސް ގައި ޕޯސްޓެއް ކޮށްފަ އެވެ.

އިބްރާހިމް ރަޝީދު މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށް، ތަޅުމަށްވެސް ފޮނުވާފައި ވަނިކޮށެވެ. 

އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ނިންމި ސަބަބެއް ސާފެއް ނުވެ އެވެ. އޭނާ ވަކިކުރަން ނިންމި ކޮމެޓީ އަޑުއެހުމުން ކުރިއަށް ގެންގޮސްފައި ވަނީ މައިކު ކަނޑާލައިގެންނެވެ. ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވި އެއް މެންބަރަކު ފިޔަވައި ދެން ތިބި މެންބަރުން ވޯޓު ދީފައި ވަނީ އޭނާ ވަކިކުރަން ތަޅުމަށް ފޮނުވަން ފެންނަ ކަމަށެވެ.

އިބްރާހިމް ރަޝީދު ސީއެސްސީއަށް އައްޔަން ކޮށްފައިވަނީ 2020 ވަނަ އަހަރު ސެޕްޓެމްބަރު މަސް ތެރޭގަ އެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މިނިވަން މުއައްސަސާއެއްގެ މެންބަރަކު ވަކިކުރުމާމެދު ގޮތެއް ނިންމޭނީ ކޮމިޓީން އެ މަސައްކަތް ފެށިކަމަށް ފާސްކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމުންނެވެ. އެއަށްފަހު ރިޔާސަތުން އެ މަސައްކަތް ތަޅުމުގައި އިއުލަންކޮށް، އެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.