100 މިލިއަން ޑޮލަރުގެ ބޮޑު ލޯނު ދައްކާފައި ރިޒާވުގައި ބޮޑު އަދަދެއް!

މިފަހަރު ދެއްކީ މިދިޔަ ސަރުކާރުން ޖުމްލަ ފީތަކާއެކު 12 ޕަސެންޓުގައި ނެގި 100 މިލއަން ޑޮލަރުގެ ލޯނެކެވެ. މި ލޯނު ދެއްކިއިރު މިދި މަހުގެ ނިޔަލަށް ރިޒާވްގައި 179 މިލިއަން ޑޮލަރު އެބަހުއްޓެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނެގި މި ސަރުކާރަށް ވާރުތަވީ 100 މިލިއަން ޑޮލަރުގެ ބޮޑު ލޯނެއްގެ ފައިސާ އެއް ފަހަރާ ދެއްކިނަމަވެސް ޔޫޒަބަލް ރިޒާވުގައި ބޮޑު އަދަދެއް ހުރި ކަމަށް މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މި ސަރުކާރުން ވަނީ މިދިޔަ އެމްޑީޕީ ސަރުކާރުން ބަޖެޓް ސްޕޯޓުގެ ގޮތުގައި ކާގިލް ފައިނޭޝަލް ސާވިސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ބަޖެޓް ސަޕޯޓަށް ނެގި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނެއް ދައްކާ ހަލާސްކޮށްފި އެވެ.

ކިހާ ވަރެއްގެ ލޯނެއް ؟ - މި ލޯނަކީ 2022 ގައި ކާގިލް ފައިނޭންސުން ނެގި ލޯނެކެވެ. މި ލޯނު އޭރުގެ ސަރުކާރުން ނެގީ ބަޖެޓު ވަރަށް ބޮޑަށް ތާށިވެ މެނޭޖުކުރަން ދަތިވުމުންނެވެ. މިއީ 7.15 އިންޓަރެސްޓު ރޭޓުގެ ލޯނެކެވެ. މި ލޯން ތިން އަހަރު ތެރޭ ދައްކާ ހަލާސް ކުރަން ޖެހެ އެވެ. އޭރުގެ ރޭޓުން ބަލާނަމަ މި ލޯނަށް އިތުރަށް ސަރުކާރުން 26 މިލިއަން ޑޮލަރުގެ އިންޓަރެސްޓާއެކު ދައްކާފައިވެ އެވެ.

"މިރާ" އަށް އެނގިފައިވާ ގޮތުގައި މި ލޯނު ސަރުކާރުން ދައްކާފައިވަނީ ލޯނުގެ އިންޓްރެސްޓް އާދަޔާހިލާފަށް ބޮޑުވުމުންނެވެ. ދައްކަން ކުރު މުއްދަތެއް ލިބޭ ގޮތަށް ނަގާފައިވާ މި ލޯނުގެ އިންޓެސްޓް ރޭޓް ހުރިހާ ފީތަކާއެކު 12 ޕަސެންޓަށް އަރަ އެވެ. މިއީ ދިވެހި ސަރުކާރަކުން މިހާތަނަށް ނެގި އެންމެ އިންޓްރެސްޓް ބޮޑު އެއް ލޯނެވެ.

ބޮޑު ލޯނެއް ދެއްކިއިރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި މިވަގުތު 832 މިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ މި ފަހުގެ ތާރީހެއްގައި ޖުމްލަ ރިޒާވް 700 މިލިއަން ޑޮލަރަށްވުރެ ބޮޑުވި ފުރަތަމަ ފަހަރެވެ. ޖުމްލަ ރިޒާވް އިތުރުވިއިރު މިދިޔަ މަސް ނިމުނު އިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވް 179 މިލިއަން ޑޮލަރަށްވުރެ މަތިވެފައިވެ އެވެ. ޖެނުއަރީ މަހު ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުރި ކަމަށް ދައްކަނީ 116 މިލިއަން ޑޮލަރެވެ. އެހެންވެ މިއީ އޭގެ ކުރީ މަހަށް ވުރެ 63 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ޔޫޒަބަލް ރިޒާވް އިތުރުވެފައިވާއިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލޯނުތަކެއް ދެއްކުމާއެކު ރިޒާވް 32 މިލިއަން ޑޮލަރަށް ދަށްވި އެވެ.

ރިޒާވް އިތުރުވީ ކީއްވެ ؟ - ރިޒާވް އިތުރުވި ސަބަބަކީ ބޭންކިން ނިޒާމުން ޑޮލަރު މާރު ކުރަން ފެށުމެވެ. މި ބަދަލާއެކު ކުރިއަށް އޮތް ތަނުގައި ރިޒާވަށް ބޮޑު އިތުރުވުމެއް އަންނާނެ އެވެ. މިއާއެކު އާއްމުންނަށް ފޯރުކޮށްދޭ ޑޮލަރުގެ ލިމިޓާއި ވިޔަފާރިވެރިންނަށް ވިއްކާ ޑޮލަރު އަންނަ އަހަރު މަތި ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.

އިގްތިސާދީ މާހިރުންގެ ނަޒަރުގައި އެއްފަހަރާ 100 މިލިއަން ޑޮލަރުގެ ލޯނެއް ދެއްކުމާއެކު ޔޫޒަބަލް ރިޒާވް މަތި ކުރަމުން ދިއުމަކީ އިގްތިސާދު ވަރުގަދަ ވަމުންދާ ކަމުގެ ހެއްކެކެވެ.

"ރާއްޖޭން އެންމެ ބޮޑު ލޯނެއް ދައްކަން މި ޖެހެނީ 2025 އަދި 2026 ގައި އެއީ އެއް ފަހަރާ 500 މިލިއަން ޑޮލަރު. މިހާރު މި ދެއްކީ އެއްފަހަރާ 100 މިލިއަން ޑޮލަރު. މީގެން އެނގެނީ އިގްތިސާދުގެ ވަރުގަދަކަން. ބޭރުގެ މާލީ އިދާރާތަކަށްވެސް ރާއްޖެއަށް ލޯނު ދެއްކުމުގެ ކެޕޭސިޓީ ހުރިކަން ފެނިގެންދާނެ،" މިދިޔަ ސަރުކާރުގައި ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރެއްވި އޮފިޝަލަކު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.