ކުރިން ބޮޑު އިންޓްރެސްޓުގައި ނެގި 100 މިލިއަން ޑޮލަރުގެ ލޯނެއް ދައްކައިފި

މި ލޯނު އޭރު ނަގާފައިވަނީ ހަތް ޕަސެންޓުގެ ބޮޑު އިންޓްރެސްޓް ރޭޓެއްގަ އެވެ. މި ލޯނަށް އިތުރު 26 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހުނެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި --

ކުރީ ސަރުކާރުގެ ބަޖެޓު ސަޕޯޓަށް ނަގާފައިވާ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނު ހިމަނައިގެން، ދިވެހި ދައުލަތަށް ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގައި އަދާކުރަންޖެހޭ ޒިންމާ މި މަހު ވެސް އަދާކޮށްފި އެވެ. 

ފިނޭންސުން ބުނެފައިވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ކާގިލް ފައިނޭޝަލް ސާވިސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ބަޖެޓް ސަޕޯޓަށް ނެގި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނު މި މަހު ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ. މި ލޯނު ނެގީ 7.15 އިންޓަރެސްޓު ރޭޓުގަ އެވެ. 

ކޮން އިރަކު ނެގި ލޯނެއް ؟  - މި ލޯނަކީ 2022 ގައި ކާގިލް ފައިނޭންސުން ނެގި ލޯނެކެވެ. މި ލޯނު އޭރުގެ ސަރުކާރުން ނެގީ ބަޖެޓު ވަރަށް ބޮޑަށް ތާށިވެ މެނޭޖުކުރަން ދަތިވުމުންނެވެ. މިއީ 7.15 އިންޓަރެސްޓު ރޭޓުގެ ލޯނެކެވެ. މި ލޯން ތިން އަހަރު ތެރޭ ދައްކާ ހަލާސް ކުރަން ޖެހެ އެވެ. އޭރުގެ ރޭޓުން ބަލާނަމަ މި ލޯނަށް އިތުރަށް ސަރުކާރުން 26 މިލިއަން ޑޮލަރުގެ އިންޓަރެސްޓާއެކު ދައްކާފައިވެ އެވެ. 

ރައީސް ސޯލިހުގެ ސަރުކާރުން ކާގިލް ފައިނޭންސްގެ އިތުރުން 2022 ގައި ޕްރައިވެޓް ބޭންކްތަކުން ގިނަ ލޯނުތަކެއް ނެގި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.