ސްޕެއިން އަދި ނިއު ޒީލެންޑަށް ރާއްޖޭން ނޮން-ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުއްވައިފި އެވެ.
ސްޕެއިން އަދި ނިއު ޒީލެންޑަށް ރާއްޖޭން ނޮން-ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުއްވައިފި އެވެ.
ސްޕެއިންގެ ނޮން-ރެޒިޑެންޓް ސަފީރަކަށް އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވަނީ، އިނގިރޭވިލާތަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމް އެވެ.
ނިއުޒިލޭންޑަށް ނޮން ރެޒިޑެންޓު ސަފީރަކަށް އައްޔަނުކުރަން ރައީސް ފޮނުއްވާފައި ވަނީ ސިންގަޕޫރަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުހައްމަދު ލުވެއިޒް އެވެ.
އެ ދެ ބޭފުޅުންގެ ނަންތައް ދިރާސާކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ.