ހާފިޒުން ދަސްވެނިވުމަށް ބާއްވާ ފުރަތަމަ ޖަލްސާ މިމަހުގެ 27 ވިލޭރޭ

މި ހަފުލާގައި 20-25 އާ ދެމެދު އަދަދެއްގެ ހާފިޒުން ދަސްވެނިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކީރިތި ގުރުއާން ހިތު ދަސްކޮށްގެން ހާފިޒު ކަމުގެ ތާޖު ހާސިލުކުރި ފަރާތަކަށް ރައީސް ލިޔުން ހަވާލުކުރައްވަނީ --

ރާއްޖޭގައި ހާފިޒުން ދަސްވެނިވުމަށް ބާއްވާ ތާރީހީ ފުރަތަމަ ހަފްލާ، މިމަހުގެ 27 ވިލޭރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ހާފިޒުކަމުގެ ތާޖު އެރުވޭ ހަފްލާއަކީ ވަކީން ބޭއްވޭ ގައުމީ ފެންވަރުގެ ބޮޑު ހަފްލާއަކަށް ހައްދަވާނެ ކަމަށް މިނިސްޓަރު ޝަހީމް ވަނީ މިދިޔަ އަހަރު ވިދާޅުވެފަ އެވެ. އެކަމަށް ހާއްސަ ގައުން ތައްޔާރު ކުރުމަށް ވެސް މިނިސްޓްރީން ކުރިން ހުޅުވާލާފައިވެ އެވެ.

މިނިސްޓަރު ޝަހީމް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ހާފިޒުން ދަސްވެނިވުމަށް ބާއްވާ ފުރަތަމަ ހަފުލާ މި މަހުގެ 27 ވިލޭރޭ ބާއްވާ ގޮތައް ނިންމާފައިވާ ކަމަށެވެ. މި ހަފުލާގައި 20-25 އާ ދެމެދު އަދަދެއްގެ ހާފިޒުން ދަސްވެނިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިކަމަށް ހާއްސަކޮށް ބޭއްވޭ މިފަދަ ފުރަތަމަ ހަފްލާ," މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން ހާފިޒު ކަމުގެ ތާޖު އަޅުވަނީ ކީތިރި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގަ އެވެ. ނުވަތަ ގައުމީ ދުވަހާއި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގެ ތެރޭގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.