ލަންކާއަށް ބޭނުންވާ ވަރަށް ކާށި ނުލިބުމުގެ ކަންބޮޑުވުންތަކެއް

ސްރީލަންކާގެ އެކްސްޕޯޓާއި އާއްމުންގެ ބޭނުންތަކަށް އަހަރަކު ތިން ބިލިއަން ކާށި ބޭނުންވެ އެވެ، ނަމަވެސް މިހާރު ހުރި ރުށްތައް މުސްކުޅި ވުމުގެ ސަބަބުން ކާށި ނުލިބުމުގެ މައްސަލަތަކާ ވަނީ ކުރިމަތިވެފަ އެވެ.

ކާށީގެ ގިނަ ބާވަތްތަކެއް އެކްސްޕޯޓް ކުރާ އަވަށްޓެރި ސްރީލަންކާ އަށް ކާށި ނުލިބުމުގެ މައްސަލަތަކާ ކުރިމަތިވެއްޖެ އެވެ. 

ސްރީލަންކާގެ ނޫސްތަކުގައިވާ ގޮތުން އެ ގައުމުގައި ހައްދާ ކާށީގެ މަތިވަރު ދަށްވުމާއެކު އެ ގައުމުގެ ކާށިން އުފައްދާ އުފެއްދުންތަކާއި އާއްމު ރައްޔިތުންގެ ބޭނުންތަކަށް ވެސް ވަނީ ކާށީގެ ދަތިކަމާ ކުރިމަތިވެފަ އެވެ. މި މައްސަލަ އިތުރަށް ގޯސް ވެގެން ގޮސްފައިވަނީ ކާށީގެ އުފެއްދުންތަކުގެ އެކްސްޕޯޓް ފުޅާވަމުން ދިއުމާ ގުޅިގެންނެވެ. 

ލަންކާ އަށް ކުރިމަތިވެފައިވާ ކާށި ނުލިބުމުގެ މައްސަލައާ ބެހޭ ގޮތުން ޔުނިވާސިޓީ އޮފް ޕެރަޑެނިއާގެ ކްރޮޕް ސައިންސްގެ ސީނިއާ ޕްރޮފެސަރު ޕްރޮފެސަރު ބުއްދީ މަރަމްބޭ ވިދާޅުވެފައިވާ ގޮތުގައި ރުށްރަކަށް ދިމާވަމުންދާ މި މައްސަލަ ހައްލު ކުރަން ރަނގަޅަށް ޕްލޭންއަކާއެކު މަސައްކަތް ކުރަން ޖެހެ އެވެ.

ލަންކާއަށް ކާށި ނުލިބުމުގަ މައްސަލަތަކެއް ކުރިމަތިވެފައިވަނީ އެ ގައުމުގެ ރުށްތައް މުސްކުޅިވުމުގެ ސަބަބުންނެވެ. އެ ގައުމަކީ މި ވޭތުވެދިތަ 60 އަހަރު ތެރޭގައި ކާށީގެ އުފެއްދުންތަކުން އިގްތިސޯދަށް ބޮޑު މަންފާއެއް ހޯދި ގައުމެވެ. އެ ގައުމުގެ ކާށީގެ އިގްތިސޯދަށް އަހަރެއްގެ މައްޗަށް ތިން ބިލިއަން ކާށި ބޭނުންވާއިރު މަހަކު 250 މިލިއަން ކާށި ބޭނުންވެ އެވެ. ނަމަވެސް މިހާރު ހުރި ރުށްތަކުގެ %15 ވަނީ މަތިވަރު އަންނަ ވަަރަށްވުރެ މުސްކުޅިވެފައިވާތީ އެވަރަށް ކާއްޓެއް ނުލިބެ އެވެ. އެހެންވެކަމުން ތަޖުރިބާކާރުން ގަބޫލު ކުރާ ގޮތުގައި މި މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަން ޖެހެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.