އަންގާރަ ދުވަހުން ފެށިގެން މަސްދަޅު ކޭސް ދޫކުރާނީ މިފްކޯގެ ފިހާރަތަކުން

ރޯދަ ހަދިޔާއެއްގެ ގޮތުގައި ކޮންމެ ގޭބީސީއަކަށް ސަރުކާރުން ދޭން ނިންމާފައިވާ މަސްދަޅު ކޭސް، އަންނަ އަންގާރަ ދުވަހުން ފެށިގެން ދޫކުރާނީ މިފްކޯގެ ފިހާރަތަކުން ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މާލޭގައި މަސްދަޅު ކޭސް ދޫކުރަނީ --

ރޯދަ ހަދިޔާއެއްގެ ގޮތުގައި ކޮންމެ ގޭބީސީއަކަށް ސަރުކާރުން ދޭން ނިންމާފައިވާ މަސްދަޅު ކޭސް، އަންނަ އަންގާރަ ދުވަހުން ފެށިގެން ދޫކުރާނީ މިފްކޯގެ ފިހާރަތަކުން ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ. 

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް މިހާރު ބަހަމުން އަންނަނީ އެކަމަށް ހާއްސަކޮށް ގާއިމުކޮށްފައިވާ މަރުކަޒުތަކުގައި، އޮންލައިންކޮށް ޓޯކަން ދޫކޮށްގެންނެވެ. ޓޯކަން ނިޒާމަކަށް ބަދަލުކޮށްފައިވަނީ، ކިޔު ދިގުވެ، މީހުންގެ ޝަކުވާތައް ގިނަވުމުންނެވެ.

އާދަމް ޝަރީފް އެކްސްގައި ވިދާޅުވީ، މާދަމާގެ ނިޔަލަށް މަސްދަޅު ކޭސް ދޫކުރާނީ، އެކަމަށް ކަނޑައެޅިފައިވާ 13 މަރުކަޒު މެދުވެރިކޮށް ކަމަށެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާތަނަށް 48،000 ގޭބީސީއަކަށް މަސްދަޅު ކޭސް ވަނީ ދޫކޮށްފަ އެވެ.

"ގިނަ ފަރާތްތަކަކަށް ރޯދަ ހަދިޔާ ދޫކުރެވިފައިވުމާއެކު، މާޗް 11 [އަންގާރަ] ވަނަ ދުވަހުން ފެށިގެން، ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯގެ ފިހާރަތަކުން. މާލެ އަދި ހުޅުމާލޭގައި ހުރި މިފްކޯގެ 4 ފިހާރަ ހުޅުވިފައި ހުންނަ ގަޑިތަކުގައި ދޫކުރުން ކުރިޔަށްދާނެ،" އޭނާ ވިދާޅުވި އެވެ. 

މަސްދަޅު ކޭސް ދޫކުރާ މަރުކަޒު ބަދަލުވިޔަސް، އަންގާރަ ދުވަހުން ފެށިގެން ވެސް މަސްދަޅު ކޭސް ދޫކުރާނީ އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިންކަމަށާއި، ބޭނުންވާ ހުރިހާ ފަރާތްތަކަށް ލިބެންދެން ކުރިޔަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.