ކޮލަމާފުށީ ފިޝަރިޒް ކޮލެޖުގެ ސެންޓަރު | މަސްވެރިކަމާއި އެޑިއުކޭޝަން ޓޫރިޒަމްގެ ފުރުސަތެއް

ކޮލަމާފުށީގައި ފިޝަރީޒް ކޮލެޖެއް އަލަން ގައުމީ ޔުނިވާސިޓީއަށް 15،000 އަކަފޫޓުގެ ބިމެއް ދޫކޮށްފަ އެވެ. މި އަހަރު އެ ކޮލެޖު ހުޅުވޭނެ ކަމަށް ބެލެވެ އެވެ.

ފިޝަރީޒް އެންޑް އޯޝަން ސައިންސަސް ކޮލެޖުގެ އައުޓްރީޗް ކެމްޕަސް މަޝްރޫއު އެއްބަސްވުމުގައި ޔުނިވާސިޓީ އާއި ކައުންސިލުން ސޮއިކުރަނީ

ކޮލަމާފުށީގައި ގައުމީ ޔުނިވާސިޓީން ގާއިމްކުރާ ފިޝަރީޒް ކޮލެޖުގެ އައުޓްރީޗް ސެންޓަރާއެކު މަސްވެރިކަމާއި އެޑިއުކޭޝަން އެ ރަށަށް ތައާރަފުވާނެ ކަމަށް ކައުންސިލުން ބުނެފި އެވެ.

މަސްވެރިކަން ފުޅާ ކުރަން ރާއްޖޭގެ އެކި ހިސާބުތަކުގައި ފިޝަރިޒް ކޮލެޖުތައް އަޅަން ރައީސް ޑރ. މުހައްމަދު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ކޮލަމާފުށީގައި މަސްވެރިކަމާބޭހޭ ކޮލެޖުގެ އައުޓްރީޗް ސެންޓަރު އަލަން އެ ކައުންސިލުން ވަނީ ގައުމީ ޔުނިވާސިޓީއަށް 15،000 އަކަފޫޓުގެ ބިމެއް ދީދަ އެވެ.

ކޮލަމާފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ވަހީދު "މިރާ" އަށް ވިދާޅުވި ގޮތުގައި މި އަހަރުތެރޭގައި މަސައްކަތް ފަށައި ނިމިގެންދާއިރު އެތަނާއެކު މަސްވެރިކަމާއި ޓޫރިޒަމްގެ އާ ފުރުސަތުތަކެއް އެ ރަށަށް ފަހި ވެގެންދާނެ އެވެ.

"[އެބޭފުޅުން] ގައުމީ ޔުނިވާސިޓީން ވިދާޅުވަނީ ފުރަތަމަ މާބޮޑު ބިލްޑިންގްތަކެއް އެޅުމުގެ ވިސްނުމެއް ނެތް ކަމަށް. ހަމައެކަނި ހަތަރު ކްލާސް ރޫމް އަކާއި ލެބޯޓަރީފަދަ ވަސީލަތް ގާއިމް ކޮށް ފަށާނެ ކަމަށް. އަދި ތަރުހީބަށް ބަލައި އިތުރު ތަންތަން ގާއިމް ކުރާނެ ކަމަށް. އެހެންވެ އުންމީދު ކުރަނީ އަވަހަށް ފެށިގެންދާނެ ކަމަށް،" ވަހީދު ވިދާޅުވި އެވެ.

މަޝްރޫއު އޮތީ ރަށަށް ފައިދާ ކުރާނެ މޮޑެލްއަކަށް

ވަހީދު ވިދާޅުވި ގޮތުއެގައި މި ކޮލެޖުގެ ސަބަބުން އެ ރަށަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ އެވެ. މި ރަަށަށް ފިޝަރީޒް ޓޫރިޒަމާއި އެޑިއުކޭޝަން ޓޫރިޒަމް ތައާރަފުވެ ފުޅާވުމުގެ އުންމީދު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޕްރޮޖެކްޓަށް ދިއުމުގެ ކުރިން އެ ބޭފުޅުން [ގައުމީ ޔުނިވާސިޓީ] އިން އައިސް ގިނަ ކަންތައްތަކެއް ބެލި، މި ސަރަހައްދަކީ މަސްވެރި ސަރަހައްދެއް. އެހެންވެ އުންމީދު އެބައޮތް ވަަރަށް ކާމިޔާބުވާނެ ކަމަށް،" ވަހީދު ވިދާޅުވި އެވެ.

ފިޝަރީޒް އެންޑް އޯޝަން ސައިންސަސް ކޮލެޖުގެ އައުޓްރީޗް ކެމްޕަސް މަޝްރޫއު ކޮލަމާފުށީގައި ކުރިއަށް ގެންދަން ނިންމާފައިވަނީ މި މަޝްރޫއުގެ ފައިދާ ރަށަށް ލިބޭނެ މޮޑެލް އަކަށެވެ. ރިސާޗް ހަދަން އެ ރަށަށް އަންނަ ދަރިވަރުންނާއި ޓީޗަރުން ތިބޭނީ ރަށްރަށުގެ ގޭގެ އާއި ގެސްޓްހައުސްތަކުގަ އެވެ. ބޭނުމަކީ މީގެ ފައިދާ ރަށަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.