ކަނޑުމަގުން ރާއްޖެ އެތެރެ ކުރަން އުޅުނު 58 މިލިއަނުގެ ޑްރަގް އިންޑިއާއިން އަތުލައިގެންފި

އިންޑިއާގެ ކަސްޓަމްސްއާ ހަވާލާދީ އެ ގައުމުގެ ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ އުޅަނދުން 30 ކިލޯގެ ހަޝިޝް އޮއިލް ވަނީ ފެނިފަ އެވެ.

އިންޑިއާގެ ކަސްޓަމްސް އަދި

ކާއެއްޗެހި ހުންނަ އުރަތަކެއްގައި ބަންދުކޮށްގެން އިންޑިއާ ކަނޑުން ރާއްޖެ އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އިންޑިއާގެ ކޯސްޓްގާޑުން އިން އަތުލައިގެންފި އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިތަކެތި އަތުލައިގެންފައި ވަނީ މިދިޔަ ބުދަ ދުވަހު، އިންޑިއާގެ ކޯސްޓުގާޑާއި ޑިރެކްޓްރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަންއެއްގަ އެވެ. މިއީ އިންޑިއާގެ ތަމިލްނާޑޫގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން މާލެއަށް މަސްތުވާތަކެތީގެ ޝިޕްމަންޓެއް އުފުލާކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެކެވެ.

ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންޑިއާގެ ކޯސްޓުގާޑުގެ ދެ އުޅަނދަކުން މި މަސްތުވާތަކެތި އުފުލި "ޝުވޭ ލިން ޔޯން" ނަމަކަށް ކިޔާ ބޯޓު ހިފެހެއްޓީ އިންޑިއާގެ ޓަމިލްނާޑޫ އާއި ސްރީލަންކާއާ ދެމެދު އޮންނަ ސަރަހައްދެއް ކަމަށްވާ ގަލްފް އޮފް މަންނާ ކިޔާ ސަރަހައްދަކުންނެވެ. 

މި އުޅަނދު އަތުލައިގަނެ، އިތުރު ތަހުގީގުތައް ކުރިއަށް ގެންދިއުމަށް ގެންދިޔައީ ޓުޓިކޮރިންގެ ބަނދަރަށެވެ. އެ އުޅަނދުގައި ނުވަ މީހުން ތިއްބެވެ. އުޅަނދުގައި ތިބި މީހުން ހައްޔަރުކޮށްފައިވާއިރު އެމީހުން މިހާރު ތިބީ ޑިރެކްޓްރޭޓް އޮފް ރެވެނިއު އިންޓެލިޖެންސްގެ ބެލުމުގެ ދަށުގަ އެވެ.

އިންޑިއާގެ ކޯސްޓްގާޑާއި ހަވާލާދީ އެ ގައުމުގެ ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ އުޅަނދުން 30 ކިލޯގެ ހަޝިޝް އޮއިލް ވަނީ ފެނިފަ އެވެ. އެތަކެތީގެ އަގަކީ އިންޑިއާގެ 33 ކަރޯޑް ރުޕީސް ނުވަތަ 3.8 މިލިއަން ޑޮލަރު ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ. ދިވެހި ރުފިޔާ އިން ބަލާނަމަ އެއީ 58 މިލިއަން ރުފިޔާ އެވެ.

އިންޑިއާގެ ކަސްޓަމްސް އިން އާންމުކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި، މަސްތުވާތަކެތި ޕެކެޓްކޮށްފައި ހުރީ އެކި ކާއެއްޗެހީގެ އުރަތަކެއްގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.