ގަމު ކައުންސިލުން ތައިލެންޑް ރޯޑްޝޯ އަށް ދާން ތިން ލައްކަ ރުފިޔާ ހަރަދުކުރި

ކައުންސިލުން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުގައި މި ރޯޑްޝޯގައި ބައިވެރިވާން ކުރި ދަތުރުގެ ހަރަދުގެ ގޮތުގައި ޖުމްލަ 392،902 ރ. ވަނީ ހަރަދުވެފަ އެވެ.

ތައިލެންޑް ރޯޑްޝޯގެ ބައިވެރިނާއެކު ރާއްޖޭން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީގު

ލ. ގަމު ކައުންސިލުގެ މެންބަރުން ތައިލެންޑް މިދިޔަ މަހު އޮތް ރޯޑްޝޯގައި ބައިވެރިވާން ތިން ލައްކަ ރުފިޔާގެ ހަރަދުކުރި ކަމަށް ދައްކައިފި އެވެ. 

ރަށްރަށުގެ ކައުންސިލްތަކަށް އިންތިޒާމުކޮށްގެން ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ބޭއްވި މި ރޯޑްޝޯގައި ބައިވެރިވުމުގެ ފީގެ ގޮތުގައި ލ. ގަމު ކައުންސިލުން ވަނީ 290،930ރ. ދައްކާފަ އެވެ. 

ގަމު ކައުންސިލުން ބުނީ މި ރޯޑްޝޯގައި ބައިވެރިވި މުވައްޒަފުން ޕޮކެޓްމަނީ އާއި މާލޭގައި މަޑުކުރި ދުވަސްތަކުގެ ކެއުމަށް ހަރަދު ކުރަން 68،872ރ. ވަނީ ހަރަދުކޮށްފަ އެވެ. އަދި މި ރޯޑްޝޯގައި ދައްކާ ވީޑިއޯގެ ކަވަރޭޖް ހެދުމަށް 21،000ރ. ހަރަދުކޮށްފައިވެ އެވެ. 

އެ ކައުންސިލުން ބުނީ މީގެ އިތުރުން ރޯޑްޝޯގައި ބައިވެރިވާން ލ. ގެ ހަރަތައް ދައްކާލަން ބޭނުންކުރި ސާމާނު ގަތުމަށް 1،100ރ. ވަނީ ހަރަދުކޮށްފަ އެވެ. 

ކައުންސިލުން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުގައި މި ރޯޑްޝޯގައި ބައިވެރިވާން ކުރި ދަތުރުގެ ހަރަދުގެ ގޮތުގައި ޖުމްލަ 392،902 ރ. ވަނީ ހަރަދުވެފަ އެވެ. 

ތައިލެންޑުގެ ބެންކޮގެ އެންމެ ގިނަ މީހުންދާ ސިޔާމް ޕެރަޖަންގައި އޮތް މޯލްޑިވްސް ޓޫރިޒަމް ރޯޑްޝޯގައި 12 ކައުންސިލަކުން ބައިވެރިވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.