މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން އައީ އިނގިރޭސިން

ދެވަނަ އަށް އެންމެ ގިނައިން މީހުން އައިސްފައިވާ ޗައިނާއިން 21،928 ޓޫރިސްޓުން އައިސްފައިވެ އެވެ. މީގެ އިތުރުން ރަޝިއާއިން 20،649 މީހުން އައިސްފައިވެ އެވެ.

މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންތަކެއް ފޮޓޯއަކަށް ހުއްޓިގެން

މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ އިނގިރޭސިވިލާތުން ކަމަށް ދައްކައިފި އެވެ. 

މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފެބްރުއަރީ މަހު އިނގިރޭސިވިލާތުން ރާއްޖެއަށް 23،221 މީހުން ވަނީ އައިސްފަ އެވެ. އަދި ދެވަނައަށް އެންމެ ގިނައިން މީހުން އައިސްފައިވާ ޗައިނާއިން 21،928 ޓޫރިސްޓުން އައިސްފައިވެ އެވެ. މީގެ އިތުރުން ރަޝިއާއިން 20،649 މީހުން އައިސްފައިވެ އެވެ. އަދި އިޓަލީން 19،120 ޓޫރިސްޓުން އައިސްފައިވެ އެވެ. މީގެ އިތުުރުން ދެން ހިމެނޭ ގައުމުތަކަކީ 14،119 ޓޫރިސްޓުން އަދި ފްރާންސުން 10،590 ޓޫރިސްޓުންނެވެ. 

ރާއްޖެއަށް 2023 ވަނަ އަހަރު އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ އިންޑިއާއިން މިދިޔަ މަހު އައިސްފައިވަނީ 10،250 ޓޫރިސްޓުންނެވެ. ދެން ހިމެނެނީ އެމެރިކާ އާއި ސުވިޒަލޭންޑް އަދި ޕޮލެންޑް އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް 214,091 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު ޒިޔާރަތް ކުރި 217,392 ޓޫރިސްޓުންނާ އަޅާ ބަލާއިރު -1.5 ދަށްވުމެކެވެ. ފެބްރުއަރީ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވިއިރު މިއީ މިދިޔަ އަހަރު އަހަރުތެރޭ ފެބްރުއަރީ މަހު އައި ޓޫރިސްޓުންގެ އަދަދު ފެބްރުއަރީ މަހު ދަށްވި ފުރަތަމަ ފަހަރެވެ. 

މި އަހަރުގެ ފެބްރުއަރީ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވިނަމަވެސް މުޅި އަހަރު ދުވަހަށް ބަލާއިރު އަންނަ ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރަށްވުރެ އިތުރެވެ. މި އަހަރު 445,529 ޓޫރިސްޓުން އައިސްފައިވާއިރު މިދިޔަ އަހަރު އައިސްފައިވަނީ 423,861 ޓޫރިސްޓުންނެވެ. މިއީ 5.1 ޕަސެންޓުގެ އިތުރުވުމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.