މަސައްކަތް ނުނިންމާތީ ދެ ކުންފުންޏެއް ސަސްޕެންޑްކޮށްފި

ފިނޭންސް މިނިސްޓްރީން ސަސްޕެންޑްކުރި ދެ ކުންފުންޏަކީ ވޯޓާޕާކް މޯލްޑިވްސް އާއި ކެއަވަން މެޑިކަލް ޕްރައިވެޓް ލިމިޓެޑް އެވެ. މީގެތެރޭން ވޯޓާޕާކް މޯލްޑިވްސް ކުރިންވެސް ސަސްޕެންޑްކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީ : ފިނޭންސުން ވަނީ ދެ ކުންފުންޏެއް ބީލަންތަކުން ސަސްޕެންޑްކޮށްފަ

މަސައްކަތް ހަވާލުކުރި ތާރީހަށް ނިންމާފައި ނުވާތީ ސަރުކާރުން ދެ ކުންފުންޏެއް ސަރުކާރުގެ މަސައްކަތްތަކާއި ބީލަންތަކުގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑްކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ނަން ހާމަކޮށް ސަސްޕެންޑްކޮށްފައިވަނީ ވޯޓާޕާކް މޯލްޑިވްސް އާއި ކެއަވަން މެޑިކަލް ޕްރައިވެޓް ލިމިޓެޑް ނަކަމަށް ކިޔާ ކުންފުންޏެކެވެ.

ވޯޓާ ޕާކް މޯލްޑިވްސް ބީލަންތަކުން ސަސްޕެންޑްކޮށްފައިވަނީ ވ. ކެޔޮދޫގައި އެ ކުންފުނިން ނިންމި މަޝްރޫއެއް ފުރިހަމަ ކުރަން ބޭނުންވާ ބައެއް ތަކެތި ފޯރުކޮށް ނުދިނުމުގެ އިތުރުން ރ. އަލިފުށީގައި ނިމަން ހަވާކުވި މަސައްކަތެއް ފުރިހަމަކުރެވިފައި ނެތުމުންނެވެ. މި ކުންފުންޏަކީ 2022 ވަނަ އަހަރުގެ ސަރުކާރުގެ ބީލަން ކަޅު ލިސްޓަށް އަރާފައިވާ ކުންފުންޏެވެ. އެފަހަރު މި ކުންފުނި ލިސްޓުގައި ހިމެނިފައިވަނީ ވ. ކެޔޮދޫގެ ދެ ބުރީގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތާއި ރ. އުނގޫފާރުގެ ދެ ބުރީގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ނުކުރެވުމުގެ ސަބަބުންނެވެ.

ފިނޭންސުން ބިލަންތަކުން ސަސްޕެންޑް ކުރި އަނެއް ކުންފުނި ކަމަށްވާ ކެއަވަން މެޑިކަލް ޕްރައިވެޓް ލިމިޓެޑް ސަސްޕެންޑްކޮށްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ އެކްސްރޭ މެޝިނާއި ޑެންޓަލް ޗެއާއެއް ގެންނަން ހަވާލުކުރި ނަމަވެސް އެ މަސައްކަތް ފުރިހަމަކޮށްފައި ނުވާތީ އެވެ.

މާލިއްޔަތު ގަވައިދުގައިވާ ގޮތުން ކޮންޓްރެކްޓަކާ ޙަވާލުވުމަށްފަހު އެފަރާތަކުން އެ ޙަވާލުވި މަސައްކަތެއް
ފުރިހަމަނުކޮށް ދޫކޮށްލުން ނުވަތަ ކޮންޓްރެކްޓަރުގެ އިހުމާލެއްގެ ސަބަބުން ލިބޭ ގެއްލުމަކަށް ބަލައި ކޮންޓްރެކްޓް ބާޠިލުކޮށްފައިވާ ޙާލަތުގައި އެ ކޮންޓްރެކްޓަރަކު ދައުލަތުގެ ބީލަންތަކުން ސަސްޕެންޑް ކުރުމުގެ އުސޫލު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅަން ޖެހެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.