ފުޅާ ދާއިރާއެއްގައި ކާއެއްޗެހި ޑެލިވަރީ ކުރާ ގެއެއް ރެއިޑްކޮށް، 32 ބިދޭސީން ބެލުމުގެ ދަށަށް

އިމިގްރޭޝަނުން ބުނީ އެ ގެ ބަލައިފާސްކުރިއިރު އެތަނަކީ ގިނަ އަދަދެއްގެ ކާބޯތަކެތި ތައްޔާރު ކުރެވޭ ގޮތަށް ޑެގު އަޅައިގެން ހަދާފައި ހުރި ތަނެއް ކަމަށެވެ. އޭގެ އިތުރުން އެތަނުގައި 76 ބިދޭސީން ދިޔައީ ދިރިއުޅެމުންނެވެ.

އިމިގްރޭޝަނުން އާންމުކުރި ވީޑިއޯގެ ސްކްރީންޝޮޓެއް

މާލޭގައި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ޑެލިވަރީ ކުރާ އަދި ގިނަ އަދަދެއްގެ ބިދޭސީން ވެސް ދިރިއުޅެމުން ދިޔަ ގެއެއް ރެއިޑްކޮށް، 32 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ޕޯސްޓު ކުރި ވީޑިއޯއެއްގައި ބުނީ މއ. ހިތިލާގޭގައި ގަވާއިދާ ހިލާފަށް ކާބޯތަކެތި ސަޕްލައި ކުރާ ކަމުގެ މައުލޫމާތު އިމިގްރޭޝަން ވޮޗަށް ލިބުމާއެކު، މިދިޔަ ބުދަ ދުވަހުގެ ރޭ އެގެ ބަލައިފާސްކޮށްފައިވާ ކަމަށެވެ.

އިމިގްރޭޝަން ވޮޗަށް ލިބުނު މައުލޫމާތުގައި، ގިނަ އަދަދެއްގެ ގަނޑުކުރި މަހާއި ތަރުކާރީ އާއި އެހެނިހެން ކާބޯތަކެތީގެ ބާވަތްތައް ސަޕްލައިކުރާ މަންޒަރު އަބަދުވެސް ފެނެ އެވެ. އަދި، ގިނަ އަދަދެއްގެ ގޭސް ސިލިންޑަރު މި އިމާރާތަށް ގެންދާ ކަމަށާއި، މެންދުރު ކާ ގަޑިއާ ދިމާކޮށް ގިނަ އަދަދެއްގެ ބަތް ޕާރުސަލް ޑެލިވާ ކުރަން އެތަނުން މީހުން ނުކުންނަ މަންޒަރު ފެންނަ ކަމަށް އާންމުން މައުލޫމާތު ދީފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އަދި ޑެލިވަރީ ކުރަން ގެންގުޅޭ ސައިކަލުތައް އެ އިމާރާތް ކައިރީ ހުންނަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ. ސައިކަލުތައް ހުރީ ފަހަތުގައި ކާއެއްޗެހި ބެހެއްޓޭގޮތަށް ހަދާފަ އެވެ.

އިމިގްރޭޝަނުން ބުނީ އެ ގެ ބަލައިފާސްކުރިއިރު އެތަނަކީ ގިނަ އަދަދެއްގެ ކާބޯތަކެތި ތައްޔާރު ކުރެވޭ ގޮތަށް ޑެގު އަޅައިގެން ހަދާފައި ހުރި ތަނެއް ކަމަށެވެ. އޭގެ އިތުރުން އެތަނުގައި 76 ބިދޭސީން ދިޔައީ ދިރިއުޅެމުންނެވެ.

އެމީހުންގެ ލިޔެކިޔުން ބެލިއިރު، ގަވާއިދާ ހިލާފަށް ސައްހަ ވިސާ ނެތި އަދި ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅުނު 32 ބިދޭސީން ވަނީ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އިމިގްރޭޝަނުން އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި ކުޑަކުޑަ އެތަނުގައި ކާބޯތަކެތި ހަދަމުން ދިޔައީ ވަރަށް ނުތާހިރު ތަކެއްގަ އެވެ. މީހުން ނިދަމުން ދިޔައި ކުޑަކުޑަ ކޮޓަރިތަކެއްގައި ބަރިބަރިއައް މަތިމައްޗަށް ޖަހާފައި ހުރި އެނދުތަކެއްގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.