ފަނޑިޔާރުން ބަޔާނުން ސިޔާސީ މީހުންނަށް ޖަވާބުދާރީވުން ހުތުރު: ކުރީގެ ޕީޖީ މުހްތާޒް

ފަނޑިޔާރުކަމަކީ ސަރަފްވެރި މަގާމެއް ކަމަށާއި އެމަގާމްގައި ތިބެ ބަޔާންތައް ނެރެ ސިޔާސީ ފަރާތްތަކަށް ޖަވާބު ދާރީ ވުމަކީ ފަނޑިޔާރުގެއަށް އޮންނަ ކަރާމާތް ކެނޑިގެން ހިނގައިދާނެ ކަމެއް ކަމަށެވެ.

ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް މުހްތާޒް މުހްސިން

ފަނޑިޔާރުން ބަޔާންނެރެ ސިޔާސީ މީހުންނަށް ޖަވާބުދާރީވުމަކީ ހުތުރު ކަމެއް ކަމަށް ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް މުހްތާޒް މުހްސިން ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ބަޔާންނެރެ އޭނާއަށް ކުރެވޭ ތުހްމަތުތަކާއި ގުޅޭގޮތުން ޖަވާބުދާރީ ވެފައިވާ މިދަނޑިވަޅުގައި މުހްތާޒު ވިދާޅުވީ ފަނޑިޔާރުން ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހޭނީ ޖޭއެސްސީއަށް ކަމަށެވެ.

މުހްތާޒު ފޭސްބުކުގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ފަނޑިޔާރުކަމަކީ ސަރަފްވެރި މަގާމެއް ކަމަށާއި އެމަގާމްގައި ތިބެ ބަޔާންތައް ނެރެ ސިޔާސީ ފަރާތްތަކަށް ޖަވާބު ދާރީ ވުމަކީ ފަނޑިޔާރުގެއަށް އޮންނަ ކަރާމާތް ކެނޑިގެން ހިނގައިދާނެ ކަމެއް ކަމަށެވެ.

''އިއްޒައްތެރި ފަނޑިޔާރުނަށް ގާނޫނު ބުނާގޮތުން ޖަވާބު ދާރީވާން އޮންނަނީ ގަދަރުވެރިކަމާއި އެކު ޖޭއެސްސީ އަށެވެ. މަގާމުގައި ތިއްބަވައިގެން ސިޔާސީ ފަރާތްތަކަށް ޖަވާބުދާރީވެ, އާންމު ބަޔާންތަށް ނެރުއްވުމުން ގެންދެވުމަކީ, ރައްޔިތުންގެ ހިތުގައި ފަނޑިޔާރުގެ އާއި ދޭތެރޭ އޮންނަ ގަދަރާއި ކަރާމާތް ކެނޑި ނުތަނަވަސްކަން އިތުރުވެގެންދާނޭ ކަމެއް ކަމަށް ދެކެމެވެ.'' މުހްތާޒް އެމަނިކުފާނުގެ ފޭސްބުކްގައި ލިޔުއްވާފައި ވެއެވެ.

ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހާއި ދެމެދު މަސްރަހް ހޫނުވެފައިވާއިރު ސިޔާސީ ފަރާތްތަކާއި ސަރުއީ ދާއިރާގެ ބޭފުޅުން ގެންދަވަނީ މިކަމުގައި އެބޭފުޅެއްގެ ރައުޔު ހާމަ ކުރައްވަމުން ނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.