ހަރަދުތައް ހަމަޖައްސަން 1.2 ބިލިއަން ރުފިޔާގެ ޓީބިލް ބާޒާރަށް

މިފަހަރު ވިއްކާ ޓީބިލްގައި ހިމެނޭ އެންމެ ބޮޑު އަދަދަކީ 364 ދުވަހުން ދައްކާ ގޮތަށް ވިއްކާ 759 މިލިއަން ރުފިޔާގެ ޓީބިލް އެކެވެ. މި ޓީބިލްގެ އިންޓްރެސްޓް ރޭޓަކީ 4.60 ޕަސެންޓެވެ.

ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން މިހާރު މައިގަނޑު ގޮތެއްގައި ފައިސާ ހޯދަނީ ޓެކްސް ފިޔަވައި އެތެރޭގައި ޓްރެޒަރީ ބިލް (ޓީބިލް) ވިއްކައިގެންނެވެ. މިވަނީ 1.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިގެން އާމްދަނީ ހޯދަން ހުޅުވާލާފަ އެވެ. 

ފިނޭންސް މިނިސްޓްރީން ސިލްސިލާކޮށް ހިންގާ ޓީބިލް ވިއްކުމުގެ ހަރަކާތުގެ ދަށުން ކޮންމެ ހަފުލާއަކުވެސް ޓީބިލް ވިއްކަ އެވެ. މި ހަފުތާގައި ވަނީ 1.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ހުޅުވާލާފަ އެވެ. 

ވިއްކަން ހުޅުވާލި ޓީބިލްގެ އަދަދުތައް

  • 28 ދުވަހުން ދައްކާ - 220 މިލިއަން ( 3.50 ޕަސެންޓް )
  • 99 ދުވަހުން ދައްކާ - 115 މިލިއަން (3.87 ޕަސެންޓް )
  • 182 ދުވަހުން ދައްކާ - 125 މިލިއަން (4.23 ޕަސެންޓް )
  • 364 ދުވަހުން ދައްކާ - 759 (4.60 ޕަސެންޓް )

ސަރުކާރުން ވިއްކާ ޓީބިލް ގިނައިން ގަންނަނީ ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރި ބޭންކް ތަކެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ޓީބިލާއި ޓްރެޒަރީ ބޮންޑުގެ އައުޓްސްޓޭޑިން 91,6 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. 

ޓީ-ބިލް އަކީ - ޓީބިލްއަކީ ދައުލަތުގެ ބަޖެޓަށް އާމްދަނީ ހޯދަން އެތެރޭގެ މާކެޓަށް ވިއްކާ ދަރަނީގެ ވަސީލަތެކެވެ. މިއީ ގަވަމަންޓް ސެކިއުރިޓީޒްގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒެވެ. ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާއިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު ނުވަތަ މޫނުމަތީ އަގު އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ. ރާއްޖޭގައި ވިއްކާ ޓީބިލް ގަންނަނީ ވިޔަފާރި ބޭންކުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އިންވެސްޓްމަންޓް ފަންޑުތަކާއި ޕްރައިވެޓް ކުންފުނިތަކާއި އަދި ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުން އަމިއްލަ ފަރުދުންނެވެ. ސަރުކާރުން ހަތަރު މުއްދަތަކުން ހަމަވާ ޓީބިލް ވިއްކާނެ އެވެ. މީގެ ތެރޭގައި ހިމެނެނީ 28 ދުވަހުން ދައްކަން ޖެހޭ ޓީބިލް އާއި 98 ދުވަހުން ދައްކާ ޓީބިލް އަދި 182 ދުވަހުން ދައްކާ ޓީބިލްގެ އިތުރުން 364 ދުވަހުން ދައްކަން ޖެހޭ ޓީބިލް އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.