ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ކިލޯއެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ އިއްޔެ ރާއްޖެއަށް ގެނައި ޕެކޭޖެއް ބަލައި ފާސްކުރަމުން ދިޔައިރު 1.070 ކިލޯގްރާމް ކެނެބިސް ފެނިފައިވާ ކަމަށެވެ.
ޕެކޭޖުގެ ތެރެއިން ފެނުނު ކެނަބިސްގެ މަގުމަތީ އަގު 856,000 ރުފިޔާއަށް އަރާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ އެ ޕެކޭޖު ބަލައި ކަސްޓަމްސްއަށް ދިޔަ އުމުރުން 52 ދިވެހި ފިރިހެނަކު ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށެވެ. އަދި، ޕެކޭޖުން ފެނުނު ޑްރަގް ވެސް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.