ކުންފުނި ރަޖިސްޓްރާ 11 އަހަރު ހިދުމަތް ކުރެއްވުމަށްފަހު އިސްތިއުފާ ދެއްވައިފި

ވިސާމް ވަނީ ކުންފުނި ރަޖިސްޓްރާގެ މަގާމުގައި ހުންވައިގެން މި ދާއިރާ ޒަމާނީ ބަދަލުތަކެއް ގެންނަންވަން ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.

ރެޖިސްޓްރާ އޮފް ކޮމްޕެނީސް ވިސާމް -- ކޯޕަރޭޓް މޯލްޑިވްސް

ކުންފުނި ރަޖިސްޓްރާގެ މަގާމުގައި 11 އަހަރު ހިދުމަތް ކުރެއްވުމަށްފަހު ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް  އިސްތިއުފާ ދެއްވައިފި އެވެ. 

ރާއްޖޭގެ ކުންފުނި ހިންގުމުގެ އޮނިގަނޑަށް ޒަމާނީ ބަދަލުތަކެއް ގެނެސްދެއްވި އަދި މި ވިޔަފާރި އާއި އިގްތިސޯދީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ތަޖުރިބާކާރު ވިސާމް އިސްތިއުފާ ދެއްވީ މި މަހު 1 ވަނަ ދުވަހު އެވެ. ރަޖިސްޓްރާ އޮފް ކޮމްޕެނީސް (އާރުއޯސީ) ގެ މަގާމަށް ވިސާމް އައްޔަން ކުރެއްވީ 2014 ވަނަ އަހަރު އެވެ. 

މިރާ އަށް މިރޭ ވާހަކަ ދައްކަވަމުން ވިސާމް ވިދާޅުވީ ރެޖިސްޓްރާގެ މަގާމުން އިސްތިއުފާ ދެއްވީ ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރައްވަން ބޭނުންފުޅުވާތީ އެވެ. 

ވިސާމްގެ ކުރު ތައާރަފެއް

ވިސާމްއަކީ ރާއްޖޭގެ މުޖުތަމައުގައި އަންހެނުންނާއި ކުދި ވިޔަފާރިތައް ތަރައްގީ ކުރުމަށް ޚާއްސަ ޒުވާން ލީޑަރުން އުފައްދަވަން ގިނަ މަސައްކަތްތަކެއް ކުރެއްވި  ބޭފުޅެކެވެ. އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކުއީންސްލޭންޑުން ބިޒްނަސް އިކޮނޮމިކްސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވައިގެން ހުންނެވި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނޯތަމްބްރިއާ އިން މާކެޓިން މެނޭޖްމަންޓްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލް ކުރެއްވި އެވެ. ވިސާމްވަނީ ރަޖިސްޓްރާގެ މަގާމަށް ވަޑައިގަތުމުގެ ކުރީގައި އެ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ޑިރެކްޓަރު ޖެނެރަލްގެ މަގާނުވެސް ފުރުއްވާފަ އެވެ. އަދި ސީއެމްޑީއޭގެ ބޯޑު މެމްބަރުކަން ވެސް ކުރެއްވި އެވެ. ސީއެމްޑީއޭގައި ހުންނެވި ދުވަސްވަރު، ޑިރެކްޓަރ ޖެނެރަލް ފޯ ޕެންޝަން ސުޕަވިޝަންގެ މަގާމާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) ގެ ބޯޑުގައި ސީއެމްޑީއޭގެ މަންދޫބުގެ މަގާމު ވެސް ފުރުއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.