މައްސަލަތައް ބަލަން ނިންމާފައި ވަނިކޮށް ސުއޫދުގެ އިސްތިއުފާގެ ސިޓީ ޖޭއެސްސީއަށް ވެސް ފޮނުއްވައިފި

އެހެންވެ، މެންދުރު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި، ސުއޫދުގެ އިސްތިއުފާ ބަލައި ނުގަންނަން ނިންމައި، ކޮމިޝަނުން ބަލަން ނިންމާފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ.

ހުސްނުއްސުއޫދު: ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ސިޓީ ޖޭއެސްސީއަށް ވެސް ވަނީ ފޮނުއްވާފައި --

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ހުސްނުއްސުއޫދު އިސްތިއުފާ ދެއްވި ކަމުގެ ސިޓީ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް ފޮނުއްވައިފި އެވެ.

މިއަދު ހެނދުނު ސުއޫދު ވަނީ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވި ކަމުގެ ސިޓީއެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވާފަ އެވެ. ނަމަވެސް ފަނޑިޔާރުންގެ ގާނޫނު ބުނާގޮތުގައި، ފަނޑިޔާރަކު އިސްތިއުފާ ދެއްވާނަމަ ސިޓީ ފޮނުއްވަން ޖެހޭނީ ޖޭއެސްސީގެ ރައީސަށް އެޑްރެސް ކުރައްވަ އެވެ.

އެހެންވެ، މެންދުރު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި، ސުއޫދުގެ އިސްތިއުފާ ބަލައި ނުގަންނަން ނިންމައި، ކޮމިޝަނުން ބަލަން ނިންމާފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ.

އެގޮތަށް ނިންމާފައި ވަނިކޮށް، ސުއޫދު މިހާރު ވަނީ ޖޭއެސްސީގެ ރައީސް، ހުސެން ރިޒާއަށް އެޑްރެސްކުރައްވައި އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ފޮނުއްވާފަ އެވެ. 

އެ ސިޓީގައި ސުއޫދުވަނީ، ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ސިޔާސީ ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ، މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލުން ހުއްޓުވަން، ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް، ނުފޫޒު ފޯރުވާކަމަށް ތުހުމަތު ކުރައްވާފަ އެވެ.

ސަރުކާރުން ފަނޑިޔާރުންނަށް ބިރުދައްކައި، ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމާއި، ޖޭއެސްސީގެ ރައީސް ރިޒާ އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެދޭ ގޮތަށް މައްސަލަ ނިންމުމަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އެ ސިޓީގައި ބަޔާންކުރައްވާފައިވެ އެވެ.

ރައީސަށް ސުއޫދު ފޮނުއްވި ސިޓީގައި ވެސް އެކަންކަން ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސް މުއިއްޒުއަށް މި ތުހުމަތުތައް ސުއޫދު އަމާޒުކުރައްވާފައިވާއިރު، ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކުރި އިސްލާހު، އެ މަނިކުފާނު އަދި ތަސްދީގެއް ނުކުރައްވަ އެވެ.

އޭސީސީން ބަލަމުންދާ މައްސަލަތަކަކާ ގުޅިގެން ސުއޫދުގެ އިތުރުން ދެން ސަސްޕެންޑް ކޮށްފައި ވަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑީޔާރު އަޒްމިރަލްދާ ޒާހިރެވެ. އެ ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ވެސް ޖޭއެސްސީން ނިންމާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.