ކޯޓުތަކަށް ނުފޫޒު ފޯރުވުން ހުއްޓުވަން ހުށަހެޅި ކުއްލި މައްސަލަ ބޭރު

ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލީ 46 މެންބަރުންގެ ވޯޓާއެކު އެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ޝަމްހީދު. --ފޮޓޯ: މަޖިލީހުގެ އިދާރާ

ޝަރުއީ ކޯޓުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓައިލުމަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބަލައިނުގަނެ، ބޭރުކޮށްލައިފި އެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލާގައި، މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރު ސަރުކާރު ހިންގާ ޕީއެންސީން އިސްވެ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އިއުތިރާޒު ކުރުމާއި، އެ މައްސަލަ ބަލަން ކޯޓުން ނިންމުމުން އެ ކޯޓުގެ ފަނޑިޔާރުގެ އަދަދު މަދުކުރަން ގާނޫނު އިސްލާހު ކުރުން ފާހަގަކޮށްފައިވެ އެވެ. 

އަދި އެ އިސްލާހު އެންމެ ދުވަހެއްގެ ތެރޭގައި ފާސްކުރުމާއި، އޭގެކުރިން އޭސީސީ އާއި ޖޭއެސްސީ މެދުވެރިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑު ކުރި ކަން ޝަމްހީދު ފާހަގަކުރެއްވި އެވެ.

ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލީ 46 މެންބަރުންގެ ވޯޓާއެކު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.