ނާސިފް ވަނީ ކުރިން ވެސް އެޗްޑީސީގެ އިސް މަގާމެއް ފުރުއްވާފަ އެވެ. އެ ކުންފުނީގެ ޗެއާގެ މަގާމުގެ ކުރިން ރީޖަނަލް އެއާޕޯޓްސްގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހުމަދު ނާސިފް، ވެމްކޯގެ ޗެއާމަންގެ މަގާމަށް ބަދަލުކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ އެޗްޑީސީގެ ބޯޑުން ނާސިފް ވަކިކޮށްފައިވާ ކަމަށެވެ. އަދި، ވެމްކޯގެ ބޯޑަށް އައްޔަނުކޮށްފައިވާ ކަމަށެވެ.
އެޗްޑީސީގެ ޗެއާމަންގެ މަގާމަށް ނާސިފް އައްޔަނުކޮށްފައި ވަނީ ނޮވެމްބަރު 6، 2024 ގައެވެ. އޭނާ އެ މަގާމަށް އައްޔަނު ކުރީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ޒުހޫރު ވަކިކުރުމަށްފަހު އެވެ.
ނާސިފް ވަނީ ކުރިން ވެސް އެޗްޑީސީގެ އިސް މަގާމެއް ފުރުއްވާފަ އެވެ. އެ ކުންފުނީގެ ޗެއާގެ މަގާމުގެ ކުރިން ރީޖަނަލް އެއާޕޯޓްސްގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ.