މި އަހަރު ޓޫރިޒަމަށް ދަށް ފެބްރުއަރީއެއް

މިދިޔަ ފެބްރުއަރީ މަހު ވަނީ ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު ކުރީ އަހަރާ އަލާބަލާއިރު 1.5 ޕަސެންޓް ދަށްވެފަ އެވެ.

ޗައިނާއިން އައި ޓޫރިސްޓުންތަކެއް ބޯޓުން ފައިބަނީ -- ވީއައިއޭ

މި އަހަރު ފެބްރުއަރީ މަހު ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރާ އަޅާ ކިޔާނަމަ ދަށްވެއްޖެ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް 214,091 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު ޒިޔާރަތް ކުރި 217,392 ޓޫރިސްޓުންނާ އަޅާ ބަލާއިރު -1.5 ދަށްވުމެކެވެ.  

ފެބްރުއަރީ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވިއިރު މިއީ މިދިޔަ އަހަރު އަހަރުތެރޭ ފެބްރުއަރީ މަހު އައި ޓޫރިސްޓުންގެ އަދަދު ފެބްރުއަރީ މަހު ދަށްވި ފުރަތަމަ ފަހަރެވެ. 

ހަތަރު އަހަރުގެ ފެބްރުއަރީ މަސް

  • 2022 - 149,011 ޓޫރިސްޓުން
  • 2023 - 177,915 ޓޫރިސްޓުން
  • 2024 - 217,392 ޓޫރިސްޓުން
  • 2025 - 214,091 ޓޫރިސްޓުން

މި އަހަރުގެ ފެބްރުއަރީ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވިނަމަވެސް މުޅި އަހަރު ދުވަހަށް ބަލާއިރު އަންނަ ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރަށްވުރެ އިތުރެވެ. މި އަހަރު 445,529 ޓޫރިސްޓުން އައިސްފައިވާއިރު މިދިޔަ އަހަރު އައިސްފައިވަނީ 423,861 ޓޫރިސްޓުންނެވެ. މިއީ 5.1 ޕަސެންޓުގެ އިތުރުވުމެކެވެ. 

މުޅި އަހަރަށް ބަލާއިރު ވަކިވަކި މާކެޓުތަކުން އަންނަ ޓޫރިސްޓުންގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ. ޓޫރިސްޓުންގެ އެންމެ ގިނައިން އަންނަ ފަސް މާކެޓުން އަންނަ ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާކަމަށް ދައްކަ އެވެ. އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާއިން މިހާތަނަށް  59,641 ޓޫރިސްޓުން އައިސްފައިވެ އެވެ. 

މިދިޔަ އަހަރު ރާއްޖެއަށް ދެ މިިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިދިޔަ އަހަރު ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރިއިރު ޓޫރިޒަމަށް 5.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ކަމަށް ރިސޯޓް އޯނަރުން ތަމްސީލް ކުރާ ޖަމިއްޔާ މަޓީން ބުނެފައިވެ އެވެ. 



ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.