މިފްކޯގެ ބޭރު ސީއީއޯ މަގާމުން ވަކިކުރައްވައިފި

ޕީސީބީން ބުނީ ‏މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމުގައި ހުންނެވި ޑޮކްޓަރު ވިޓާލީ ލިއުބިމޮވް މިއަދު އެ މަޤާމުން ވަކިކޮށްފައިވާ ކަމަށެވެ.

ޑރ. ވިޓާލީ

ދައުލަތުގެ މަސް ކުންފުނި މިފްކޯގެ ސީއީއޯކަމުގައި ހުންނެވި ސްވިޒްލޭންޑުގެ ޑރ. ވިޓާލީ ލިޔުބޮމިވް މަގާމުން ވަކިކުރައްވައިފި އެވެ.

ޕީސީބީން ވަނީ އެކަން އިއުލާނު ކޮށްފަ އެވެ. ޕީސީބީން ބުނީ ‏މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމުގައި ހުންނެވި ޑޮކްޓަރު ވިޓާލީ ލިއުބިމޮވް މިއަދު އެ މަޤާމުން ވަކިކޮށްފައިވާ ކަމަށެވެ.

ޑރ. ވިޓާލީ އަކީ ގާނޫނީ ދާއިރާގެ ތަޖުރިބާކާރެކެވެ. އަދި އޭނާގެ ތަހައްސުސަކީ ކާރިސާތައް ކުރިމަތިވެފައިވާ ވިޔަފާރިތައް މެނޭޖުކޮށް އެ ކުންފުނިތައް މާލީ ދަތިތަކުން ނަގައި ކޮޅަށް ޖެހުމެވެ.

ބޮޑެތި ބައެއް ކުންފުނިތަކުގައި ކުރިން މަސައްކަތްކުރައްވާފައިވާ ވިޓާލީއަކީ އެ ދާރިއާގައި 20 އަހަރުގެ ތަޖުރިބާ ލިވިވަޑައިގެންފައިވެ އެވެ.

އެގޮތުން ކުންފުނިތަކުގެ މާލީ ހާލަތު ވަޒަންކުރައްވައި، އެ ކުންފުނިތައް މާލީ ގޮންޖެހުންތަކުން ނެގުމަށް ބޭނުންވާ އިސްތިރާޖިއްޔާތައް އެކުލަވައިލެއްވުމުގެ މަސައްކަތް މީގެ ކުރިންވެސް އޭނާ ކުރައްވާފައިވެ އެެވެ.

ސްވޮޓް އެނަލައިސިސް، ޕޯޓާސް ފައިވް ފޯސެސް އަދި ބީސީޖީ މެޓްރިކްސްގެ އިތުރަށް ކޭޕީއައިގައި މަސައްކަތްކުރެއްވި ވިތާލީއަކީ ޑާޓާ އެނައިލަސްކުރެއްވުމާއި ގާނޫނީ ލިޔެކިޔުންތައް ތަހުލީލުކުރެއްވުމާއި މާލީ ކަންކަން ހިންގެވުމުގެ ތަޖުރިބާވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. 

އޭނާ ކުއްލި ގޮތަކަށް މަގާމުން ވަކިކުރެއްވި ސަބަބެއް ސާފެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.