ރަޝިޔާގެ ނޮން-ރެޒިޑެންޓް ސަފީރަކަށް އަބްދުއްރަހީމް، މޮރޮކޯއަށް ސަރީރު އައްޔަނުކުރަން ރުހުންދީފި

މި ދެ ބޭފުޅުންނަށް ވެސް ރުހުން ލިބިފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން.

ސައުދީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު. --ފޮޓޯ: ރައީސް އޮފީސް

ރަޝިޔާ އާއި މޮރޮކޯއަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވާ ދެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ. 

ރަޝިޔާއަށް ރާއްޖޭން ކަނޑައަޅައި ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށްޓަކައި، ރައީސް ހުށަހަޅުއްވާފައިވަނީ ތުރުކީއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު، ލެފްޓެނަންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް އަބްދުއްލަތީފް އެވެ.

މޮރޮކޯގެ ނޮން-ރެޒިޑެންޓް ސަފީރަކަށް އައްޔަނުކުރަން، ރައީސް މުއިއްޒު ހުށަހަޅުއްވާފައިވަނީ، ސައުދީ އަރަބިއްޔާ އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު، އަހުމަދު ސަރީރު އެވެ. 

އެ ދެ މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް، ނިންމާފައިވަނީ، އެ ދެ ބޭފުޅުންނަކީ ވެސް ސަފީރުކަމަށް މަޖިލީހުން ރުހުންދީފައިވާ ބޭފުޅުން ކަމަށްވާތީ، އިތުރު މަސްއޫލިއްޔަތަކާ ހަވާލުވެވަޑައިގެންނެވުމުގެ ގާބިލުކަން ލިބިވަޑައިގަންނަވާކަމަށް ގަބޫލުކުރެވޭތީ، އެ ދެ ބޭފުޅުންނަށް ވެސް ރުހުންދޭން ފެންނަ ކަމަށެވެ.

އެއާ އާއެކު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް މަޖިލީހުގެ މިއަދު ޖަލްސާ ނެގުނު ވޯޓުގައި އަބްދުއްރަހީމަށް ރުހުންދޭން ފެންނަކަމަށް ފާސްކޮށްފައިވަނީ 65 މެމްބަރުންގެ އިއްތިފާގުންނެވެ.

މޮރޮކޯގެ ނޮން-ރެޒިޑެންޓް ސަފީރަކަށް ސަރީރަށް ރުހުންދީފައިވަނީ 64 މެމްބަރުންގެ އިއްތިފާގުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.