ހޮނިހިރު ދުވަހު 78 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވާއިރު، ރޯދަ މަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު އެވްރެޖްކޮށް ހުރީ 100 މެގަވޮޓް އިން މަތީގަ އެވެ.
ސްޓެލްކޯ އިން ވަނީ މި އަހަރުގެ ރޯދަ މަހު ކޮންމެ ދުވަހެއްގައި ކަރަންޓު ބޭނުންކުރާ މިންވަރު ހާމަ ކުރަން ނިންމާފަ އެވެ.
އެ ކުންފުނިން އާއްމުކުރި ރޯދައިގެ ފުރަތަމަ ދުވަހުގެ ކަރަންޓު ބޭނުންކުރި ހިސާބުތައް ދައްކާ ގޮތުގައި ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލެއާއި، ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވިފައިވާ ގޮތަށް ބަލާއިރު، ވިއްސާރަ ދުވަހަކަށްވުމުންނާއި، ސްކޫލްތަކާއި އޮފީސްތައް ބަންދުވުމާއެކު، ކަރަންޓު ބޭނުން ކުރި މިންވަރު ވަނީ ވަރަށް ބޮޑުތަނުން ދަށެވެ.
މި ރޯދަ މަހުގެ ފުރަތަމަ ދުވަހު އެގޮތުން އެންމެ ޕީކްގައި އެންމެ މަތިން މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކޮށްފައިވަނީ 78 މެގަވޮޓެވެ. ހޮނިހިރު ދުވަހު 78 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވާއިރު، ރޯދަ މަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު އެވްރެޖްކޮށް ހުރީ 100 މެގަވޮޓް އިން މަތީގަ އެވެ.
މިހާރު މޫސުން ދައްކާ ގޮތުން މި ރޯދަ މަހު ހޫނު ގަދަވާނެ އެވެ. ހޫނުގަދަ ވެއްޖެނަމަ މާލެ ސަރަހައްދުގައި ޕީކް 134 މެގަވޮޓްއަށް އަރާނެ ކަމަށް ސްޓެލްކޯގެ ފެންނީ ބޭފުޅުން އަންދާޒާ ކުރެ އެވެ. އެހެންވެ އެ ކުންފުނިން ވަނީ މި ޕީކްއަށް ފުރިހަމައަށް ތައްޔާރުވެފަ އެވެ.