އައްޑޫ ބްރިޖް މަސައްކަތަށް ލަފާދޭނެ ބަޔަކު ހޯދަނީ

ހިތަދޫ-ހުޅުމީދޫ ގުޅާލާ ބްރިޖަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައިދިފުޅެކެވެ. އެ މަޝްރޫއުގައު ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހު އެވެ.

އައްޑޫ ހިތަދޫ-ހުޅުމީދޫ ބްރިޖްގެ ޑިޒައިންގެ ސާވޭ ކުރަނީ --

ހުޅުދޫއާއި ހިތަދޫ ގުޅުވައިދިނުމަށް އަޅާ އައްޑޫ ބުރިޖްގެ ފަންނީ މަސައްކަތްތަކަށް ލަފާ ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެދުމުގެ މަތިން، ހިތަދޫ-ހުޅުމީދޫ ބްރިޖް މަޝްރޫއުގެ ސާވޭ، ޑިޒައިން އަދި ޓެންޑާ ޑޮކިއުމަންޓް، ޓެކްނިކަލް ސްޕެސިފިކޭޝަން ހިމެނޭ ގޮތަށް ތައްޔާރުކުރުމުގެ މަސައްކަތުގެ ކޮންސަލްޓަންސީ ސާވިސް ދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެހެންކަމުން އެކަމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އީއައިއޯ ހުށަހަޅަން ހުޅުވާލާފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 1:00ގެ ކުރިންނެވެ.

ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުން ހުށަހަޅަން ވާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ. މިނިސްޓްރީން ބުނީ އެ މަސައްކަތްތަކަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ދޭނެ ކަމަށެވެ. 

ހިތަދޫ-ހުޅުމީދޫ ގުޅާލާ ބްރިޖަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައިދިފުޅެކެވެ. އެ މަޝްރޫއުގައު ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހު އެވެ.

ގާތްގަނޑަށް 14 ކިލޯމީޓަރުގެ ދިގު އައްޑޫ ބްރިޖްގެ ޕްރިލިމިނަރީ ޑިޒައިންނާއި ސާވޭގެ މަސައްކަތް ހަވާލު ކުރީ މިސްރު ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ "ދަ އަރަބް ކޮންޓްރެކްޓާސް" އާއެވެ.

މިއީ މިދިޔަ އަހަރު ފެށުމަށް އިއުލާނުކުރި މަޝްރޫއެއް ނަމަވެސް، މަސައްކަތް ފެށޭނީ ފައިސާ ހަމަޖެހިގެން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ކުރިން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.