މި ލޯންޗުގައި ޖުމްލަ 38 މީހުން އެބަ ތިއްބެވެ. އެއީ 34 ޓޫރިސްޓުންނާއި ހަތަރު ފަޅުވެރިންނެވެ.
ގިނަ އަދަދެއްގެ ޓޫރިސްޓުންނާއެކު ދަތުރު ކުރަމުން ދަނިކޮށް ފަޅައިގެން ދިޔަ ލޯންޗާއި މީހުން އެމްއެންޑީއެފުން ސަލާމަތްކޮށްފި އެވެ.
އެމްއެންޑީއެފް އިން މީގެ ކުޑައިރުކޮޅެއް ކުރިން ބުނި ގޮތުގައި ތިލަފުއްޓާ ދިމާ ބޭރުން ދަތުރުކުރަމުންދާ "ސުވެނިއާ 34" ނަމަކަށް ކިޔާ ލޯންޗެއް ފަޅައިގެން ގޮސް ދިޔަވަމުންދާތީ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މި ރެސިކިއު މިޝަންގައި ބައިވެރިވަމުން ދަނީ އެމްއެންޑީއެފް މާލެ އޭރިއާ، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅެނެކެވެ.
މި ލޯންޗުގައި ޖުމްލަ 38 މީހުން އެބަ ތިއްބެވެ. އެއީ 34 ޓޫރިސްޓުންނާއި ހަތަރު ފަޅުވެރިންނެވެ.
ސިފައިން ދެންމެ ބުނި ގޮތުގައި ފަޅައިގެން ގޮސް ދިޔަވަމުންދިޔަ "ސުވެނިއަރ 34" ލޯންޗ، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ތިލަފުށްޓަށް މިއަދު މެންދުރު 14:00 ހާއިރު ވައްދައިފި.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވޭ.
މޫސުން ވަރަށް ގޯސްވެފައިވާއިރު، މިއަދު ހެނދުނު ވެސް ވަނީ ކަނޑުމަތީގެ ހާދިސާއެއް ހިނގާފަ އެވެ. އެގޮތުން އދ. ދިއްފުށިން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ދިޔަވެ 48 މީހުން ކަނޑުވެފައި ތިއްބައި ފުލުހުން ވަނީ އެމީހުން ސަލާމަތް ކޮށްފަ އެވެ. އެ ލޯންޗުގައި ހަތަރު ކުޑަކުދިން ވެސް ތިއްބެވެ.ް