އިރުވައިގެ ހަތްވަނަ ނަކަތް | ތި ފެންނަނީ ފުރަބަދުރުވައިގެ ކުދި ކޮޅިގަނޑު

ރަބަދުރުވައަކީ ވިދުމާއި ގުގުރުން ގިނަ ނަކަތެކެވެ. އެކަމަކު މަދު މަދުން ކުދި ކޮޅިގަނޑު އަންނާނެ އެވެ.

ގަދައަށް ވިއްސާރަވި ދުވަހެއްގައި މާލޭގައި ފެންބޮޑުވެފައި

ރެއިން ފެށިގެން ބޯކޮށް ވެގެން ފެށި ވިއްސާރާގައި ގިނަ ރަށްތަކެއް "ފެނުއަޑި" އަށް ދިޔަ އެވެ. މާލެ ވަށައިގެން ޕަންޕު ބަހައްޓައިގެން ފެން ހިއްކުން ކުރިއަށް ގެންދިޔަނަމަވެސް މާލެވެސް ފެން ބޮޑުވި އެވެ. މި ވަރަށް ވިއްސާރަ ވެގެން ފެންބޮޑުވެގެން ދިޔައިރު މިދިޔަ އަހަރުތަކުގައި މި މަންޒަރު ފެނުނު ހެއްޔެވެ؟ މިހާރު ކުރިއަށް މިދަނީ ފެން ނަހަކަތެއް ހެއްޔެވެ؟ މި ނަކަތުގެ ސިފަ ތަކަކީ ކޮބައި ހެއްޔެވެ؟ 

މިދިޔަ މަހުގެ 27 އިން ފެށިގެން ރާއްޖެ މިއޮތީ އިރުވައިގެ ހަ  ވަނަ ނަކަތް ހިޔަވިހާ ނިމި ހަތް ވަނަ ނަކަތް ކަމަށްވާ "ފުރަބަދުރުވަ" ފެށިފަ އެވެ. މި ނަކަތް މިމަހުގެ 11 ވަނަ ދުވަހާ ހަމައަށް ދެމިގެންދާނެ އެވެ. މި ނަކަތުގެ އަސަރުތައް 13 ދުވަހަށް ދެމިގެންދާނެ އެވެ. 

ކޮން ކަހަލަ ނަކަތެއް ؟ - ފުރަބަދުރުވައަކީ ވިދުމާއި ގުގުރުން ގިނަ ނަކަތެކެވެ. އެކަމަކު މަދު މަދުން ކުދި ކޮޅިގަނޑު އަންނާނެ އެވެ. މި ނަކަތުގައި އާންމު ގޮތެއްގައި ވައި ޖެހޭނީ އިރު އުތުރުން އާދައިގެ ވަރަކަށެވެ. މިއީ ކަނޑުގައި މަސް ތިލަވާ މަސްވެރިކަން ރަނގަޅު ނަކަތެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.