ދިއްފުއްޓަށް 296.1 މިލިލީޓަރުގެ ވާރޭ ވެހިފައިވާއިރު، މިއީ މިހާތަނަށް އޮޓޮމެޓިކް ވެދާ ސްޓޭޝަނަކުން 24 ގަޑިއިރަށް ރެކޯޑް ކުރެވިފައިވާ އެންމެ މަތީ އަދަދު ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
ކ. ދިއްފުއްޓަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 296.1 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ރެކޯޑު ކޮށްފި އެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވޭތުވެ ދިޔަ 24 ގަޑިއިރުތެރޭގައި ވަރަށް ގިނަ ރަށްރަށުގައި ވަނީ ފެންބޮޑުވެފަ އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނީ މިހާތަނަށް އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ދިއްފުއްޓަށް ކަމަށެވެ.
ދިއްފުއްޓަށް 296.1 މިލިލީޓަރުގެ ވާރޭ ވެހިފައިވާއިރު، މިއީ މިހާތަނަށް އޮޓޮމެޓިކް ވެދާ ސްޓޭޝަނަކުން 24 ގަޑިއިރަށް ރެކޯޑް ކުރެވިފައިވާ އެންމެ މަތީ އަދަދު ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ހުޅުމާލެއަށް 185 މިލިމީޓަރު އަދި ހުޅުލެއަށް 177.2 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ.
ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޮޑަށް ވިއްސާރަކޮށްފައި ވަނީ މެދުރާއްޖެތެރޭގެ ރަށްރަށަށެވެ. އިއްޔެ ވަނީ އެ ހިސާބަށް އޮރެންޖު އެލާޓް ވެސް ނެރެފަ އެވެ. މިހާރުވެސް އެ ސަރަހައްދާއި އުތުރަށް އޮތީ ލެޔޯ އެލާޓް ނެރެފަ އެވެ.
ވިއްސާރައިގެ ސަބަބުން ފެންބޮޑުވެފައިވާ ރަށްރަށުގައި އެމްއެންޑީއެފް އިން ދަނީ ފެން ހިންދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އޭގެ ތެރޭގައި މާލެއާއި، ދިއްފުއްޓާއި، އެއަތޮޅު ހުރާ، ހިންމަފުށި، ތުލުސްދޫ އަދި ގުރައިދޫ ހިމެނެ އެވެ.