ނަމަވެސް، އައިޕީޑީ އަދި އިމަޖަންސީގެ ހިދުމަތް މި ހޮސްޕިޓަލްތަކުން މެދުނުކެނޑި ލިބޭނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.
މާލޭ ސަރަހައްދުގައި ހުންނަ ސަރުކާރުގެ މައި ހޮސްޕިޓަލްތައް ކަމަށްވާ އައިޖީއެމްއެޗާއި، ދަރުމަވަންތަ ހޮސްޕިޓަލް އަދި ވިލިމާލޭ ހޮސްޕިޓަލުގެ އޯޕީޑީ މިއަދަށް ބަންދުކޮށްފި އެވެ.
މި ހޮސްޕިޓަލްތަކުގެ އޯޕީޑީ ބަންދުކޮށްފައި ވަނީ އިއްޔެ އާއި ރޭ ކުރި ގަދަ ވިއްސާރައިގައި މުޅި މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ދިމާވި ދަތިތަކާ ގުޅިގެންނެވެ.
އައިޖީއެމްއެޗުން ބުނީ އޯޕީޑީތައް ބަންދު ކުރީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅާފައިވާތީ އާއި އަދި ހޮސްޕިޓަލަށް ބަލި މީހުން އައުމާއި އެނބުރި ދިއުމަކީ ތަކުލީފަކަށް ވާނެތީ ކަމަށެވެ.
ނަމަވެސް، އައިޕީޑީ އަދި އިމަޖަންސީގެ ހިދުމަތް މި ހޮސްޕިޓަލްތަކުން މެދުނުކެނޑި ލިބޭނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.
މާލެއަށް ކުރި ވިއްސާރައިގައި އައިޖީއެމްއެޗް ހުންނަ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. އެ ސަރަހައްދުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ކޮށްފަ އެވެ. އެ ސަރަހައްދަކީ އާންމުކޮށް ވެސް ވަރަށް ބޮޑަށް ފެން ބޮޑުވާ ސަރަހައްދެކެވެ.
ވިއްސާރަވުމުގެ ސަބަބުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއްދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދެއްވާފަ އެވެ.