ލޮނުމެދު އަގު މަތިވަމުންދާތީ އެސްޓީއޯއިން ލޮނުމެދު އެތެރެކޮށްފި

އެސްޓީއޯއިން ދަނީ ދުވަހުން ދުވަހަށް ބާޒާރަށް އަންނަ އަގުތައް މޮނީޓަ ކުރަމުންނެވެ. މި ރޯދަމަހު އެއްޗެއްގެ އަގު އުފުލޭނަމަ ވަގުތުން އެ އެއްޗެއް ގެނެސް އާއްމުންނަށް ފޯރުކޮށްދެމުންދެ އެވެ.

އެސްޓީއޯއިން ރާއްޖެއަށް އެތެރެކޮށްފައިވާ ލޮނުމެދު -- އަވަސް

ބާޒާރުގައި ލޮނުމެދުގެ އަގު އުފުލެމުންދާތީ އަގު ތިރި ކުރަން އެސްޓީއޯއިން ލޮނު މެދު ޝިޕްމަންޓެއް ރާއްޖެ ގެނެސްފި އެވެ.

އަގު މަތިވެ އަގު އުފުލޭ ބާވަތްތަކުގެ އަގު ތިރި ކުރަން ސަރުކާރުން އެކުލަވާލި ސިޔާސަތުގެ ދަށުން އެސްޓީއޯ އިން ވަނީ ރޯދަ މަހަށް ހާއްސަކޮށް ފްރެޝް ލޮނުމެދު ބާޒާރަށް ނެރުފަ އެވެ.

އެސްޓީއޯ އިން ލޮނުމެދު މިވަގުތު ވިއްކަން ހަމަޖެހިފައިވަނީ 45 ރުފިޔާ އަށް ކިލޯއެކެވެ. ލޮނުމެދު ލިބެންހުންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިންނެވެ. ހުޅުމާލޭ ހޮޓާ ހޯލްސޭލް ސައިޓް މި ރަމަޟާން މަހަށްވާ ހާއްސަ ކޮއްގެން މި ސްޓޭޝަން ކުރެއްވީ ހުޅުމާލޭ ފިހާރަތަކަށް މުދާ ފަސޭހަލުން ލިބޭނޭގޮތް ހަދައިދިނުމަށެވެ. އަދި އާންމުންނަށް މެދު ނުކެނޑި ލިބެން ހުންނާނޭ ގޮތް މަގުފަހި ކޮއްދިނުމަށެވެ.

އެސްޓީއޯއިން ވަނީ ބާޒާރުގައި އަގު އުފުލެމުންދާ ބާވަތްތަކުގެ އަގު ތިރި ކުރަން ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. މިގޮތުން ފިޔާ، ބިސް، އަދި އަލުވި ވެސް އެތެރެކޮށްފައިވެ އެވެ. އަދި މި ބާވަތްތަކުގެ އަގަށް އެ ކުންފުނިން ވަނީ ހަތަރު ވަނަ ފަހަރަށް ބަދަލު ގެނެސްފަ އެވެ.

އެ ކުންފުނިން މިދިޔަ އަހަރުވެސް އެޕްރީލް މަހުވެސް ލޮނުމެދުގެ އަގު އުފުލެމުންދާތީ މި ބާވަތް ރާއްޖެ އެތެރެކުރި އެވެ. 

ފިޔާ، އަލުވި، އަދި ބިސް ވިއްކާއަގަށް ގެނައި ބަދަލު

  •  ފިޔާ: ބަސްތާއެއް 335 ރުފިޔާއަށް، ވަކިން ކިލޯއެއް 14 ރުފިޔާ
  •  ބިސް: ކޭހެއް 350 އަށް، ވަކިން 2 ރުފިޔާ
  •  އަލުވި: ބަސްތާއެއް 515 ރުފިޔާއަށް، ކިލޯއެއް 25 ރުފިޔާއަށް

މި ބާވަތްތައް އެތެރެކުރުމުގެ ބޭނުން - މި ތަކެތި އިމްޕޯޓްކުރުމުގެ މައިގަނޑު ބޭނުމަކީ ރޯދަމަހު މި ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމެވެ. ރަމަޟާން މަހަކީ ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާ މޫސުމަކަށްވާތީ މި ފަދަ އަސާސީ ތަކެތި އެކަށޭނަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެސްޓީއޯގެ އަމާޒެކެވެ. އަދި މި ތަކެތީގެ އަގު ކަނޑައަޅާފައިވަނީ ބާޒާރުގެ އަގުތަކަށް ރިޢާޔަތްކޮށްގެންނެވެ. އަދި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާގުޅިގެން އެސްޓީއޯއިން ވިއްކާއަގަށްވެސް ބަދަލު ގެނެވޭނެއެވެ.

ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިގެން އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފަ އެވެ.

އެތެރެކުރަން ތައްޔާރުވާ އިތުރު ބާވަތްތައް

  •  އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
  •  ތާޒާ ތަރުކާރީ އަދި މޭވާ: ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް
  •  ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކްޑް ބީންސް، ގެރިކިރު ދަޅު
  •  ކެއްކުމަށް ބޭނުންކުރާތަކެތި: ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތީ ހަނޑޫ

ސަރުކާރުން ވަނީ ގޭބިސީއެއްގައި ބޭނުންކުރާ 183 ބާވަތުގެ ލިސްޓެއް އެ މިނިސްޓްރީން އެކުލަވާލައި އަގު އުފުލޭނަމަ އަމަލު ކުރާނެ އުސޫލެއް އެކުލަވާލާފަ އެވެ. މި މި ލިސްޓުގައި ރޯދަ މަހަށް ހާއްސަކޮށް 54 އައިޓަމް ކްރިޓިކަލް އައިޓަމް ހިމެނޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.