ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވިއްސާރަކުރަމުންދާއިރު، އިއްޔެ ވެސް ވަނީ ވަރަށް ބޮޑަށް ވިއްސާރަ ކޮށްފަ އެވެ. މާލެ ހިމެނޭހެން ބައެއް ރަށްރަށުގައި ފެން ވެސް ބޮޑުވި އެވެ.
މެޓް އޮފީހުން ވަނީ މިއަދު އިރުއޮއްސި 6:30 އާ ހަމައަށް ރާއްޖޭގެ އެންމެ ދެކުނަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެއީ ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީއަށެވެ.
އެ އެލާޓުގައި ބުނެފައި ވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައި އެވެ.
އެ ސަރަހައްދު ނޫން އެހެން ހުރިހާ ސަރަހައްދަކަށް މިރޭ 9:00 އާ ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. އެގޮތުން، ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފައިވާއިރު، އެ ސަރަހައްދުތަކުގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވިއްސާރަކުރަމުންދާއިރު، އިއްޔެ ވެސް ވަނީ ވަރަށް ބޮޑަށް ވިއްސާރަ ކޮށްފަ އެވެ. މާލެ ހިމެނޭހެން ބައެއް ރަށްރަށުގައި ފެން ވެސް ބޮޑުވި އެވެ.
މެޓް އޮފީހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އިއްޔެ އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ކ. ދިއްފުއްޓަށާއި ވ. ރަކީދޫއަށެވެ. ދިއްފުއްޓަށް 114 މިލިލީޓަރުގެ ވާރޭ ވެހިފައިވާއިރު، ރަކީދޫއަށް 113 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވަނީ ރެކޯޑުކުރެވިފަ އެވެ.