ރާއްޖެއަށް މާދަމާ ރޯދަ ފެށޭނެ ކަން އިއުލާނު ކޮށްފި

ރާއްޖެއަށް މާދަމާ ރޯދަ ފެށޭނެ ކަން އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް އިއުލާނު ކޮށްފި އެވެ. އެ ނިންމުން އިއުލާނު ކުރީ މިރޭ އޮތް ފަލަކީ ކޮމެޓީގެ ބައްދަލްވުމަށް ފަހު އެވެ.

ރާއްޖޭގައި ހަނދު ބެލުން ކުރިއަށް ދަނީ

ރާއްޖެއަށް މާދަމާ ރޯދަ ފެށޭނެ ކަން އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް އިއުލާނު ކޮށްފި އެވެ.

ފަަލަކީ ކޮމެޓީގެ ޖަލްސާއަށް ފަހު އިއްޔެވި ހަނދާބެހޭ ބަޔާން ބުނީ ޙިޖްރީ ސަނަތުން 1446 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 29 ވީ ހުކުރު ދުވަހުގެ އިރު އޮއްސުމުގެ ފަހުން، ބައެއް އިސްލާމީ ޤައުމުތަކަށް 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނުނުކަން ޝަރްޢީ ހަމަތަކުން ސާބިތުވާތީ ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށް ދިވެހިރާއްޖޭގައި ޢަމަލް ކުރުމަށް ހަމަޖެހިފައިވާ އުސޫލުގައި ވާ ގޮތުގެ މަތީން މާރިޗު މަހުގެ 1 ވާ ހޮނިހިރު ދުވަހަކީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

އެ ގަރާރު ގައި ވަނީ ރަމަޟާން މަޖުގެ ރޯދައިގެ ފަރުޟުތައް އަދާކުރުމަށް ފަރުވާތެރިވުމަށާއި، މި މާތް މައްސަރުގައި މާތް ﷲ ގެ ރުއްސެވުމާއި މަޣްފިރަތަށް އެދި ހެޔޮ ޢަމަލުތައް ހިނަ ކުރުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަށް ކުރައްވާފަ އެވެ.

ރާއްޖެއަށް މާދަމާ ރޯދަ ފެށޭނެ ކަން އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް އިއުލާނު ކޮށްފައިވާއިރު ސައުދިއަރަބިއްޔާއާ އިސްލާމީ ބޮޑެތި ގައުމުތަކަށް ވެސް މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. ނަމަވެސް މެލޭޝިޔާ ފަދަ ބައެެއް ގައުމުތަކުން ވަނީ އެ ގަައުމުތަކަށް ހަނދު ނުފެންނަ ކަމަށް ކަނޑައަޅާ މި އަހަރުގެ މަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ އާދިއްތަ ދުވަސް ކަމަށް ކަނޑައަޅާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.