މާދަމާ ރޯދަ މަސް ފެށޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭއިރު، ސަރުކާރުން ވަނީ މިއަދުން ފެށިގެން މަސްދަޅު ކޭސް ދޫކުރާ ގަޑިތަކަށް ބަދަލު ގެނެސްފަ އެވެ.
ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ބަހަމުންދާ މަސްދަޅު ކޭސް ދޫކުރާ ގަޑިތައް ރޯދަ މަސް ފެށޭތީ ބަދަލު ގެނެސްފި އެވެ.
މާލެ ސަރަހައްދުގައި ރޭ މަސްދަޅު ކޭސް ބަހާފައި ވަނީ މަރުކަޒުތައް އިތުރުކޮށް އަދި އޮންލައިންކޮށް ޓޯކަން ދޫކޮށްގެންނެވެ. ޓޯކަން ނިޒާމަކަށް ބަދަލުކޮށްފައިވަނީ، ކިޔު ދިގުވެ، މީހުންގެ ޝަކުވާތައް ގިނަވުމުންނެވެ.
ޓޯކެން ނިޒާމަކަށް ބަދަލުކުރުމުން މަސްދަޅު ދޫކުރުމުގެ މަސައްކަތް ވަނީ ވަރަށް ބޮޑަށް ފަސޭހަވެގެން ގޮސްފަ އެވެ.
ނަމަވެސް، މާދަމާ ރޯދަ މަސް ފެށޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭއިރު، ސަރުކާރުން ވަނީ މިއަދުން ފެށިގެން މަސްދަޅު ކޭސް ދޫކުރާ ގަޑިތަކަށް ބަދަލު ގެނެސްފަ އެވެ.
މިގޮތުން، މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް މަސްދަޅު ކޭސް ދޫކުރާނީ، ރޭގަނޑު 9:30 އިން ފެށިގެން 11:30 އާ ހަމައަށެވެ.
ނަމަވެސް، މާދަމާ މުލަ ރޯދަ އަށް ވެއްޖެނަމަ، މާދަމާ މަސްދަޅު ކޭސް ދޫނުކުރާނެ އެވެ. މަސްދަޅު ދޫކުރުމުގެ މަސައްކަތް ދެން ފަށާނީ ވިދިގެން އަންނަ އާދީއްތަ ދުވަހުން ފެށިގެންނެވެ.