ގެދޮރުވެރިޔާ ފްލެޓްތަކުގެ ކުލި ބޮޑުކޮށްފި

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރަގަޅަށް އެސެސްމެންޓްތައް ހެދުމަށްފަހު، ދެ ކޮޓަރީގެ ފްލެޓްތަކުން މަހަކު 9000 ރުފިޔާ އަދި ތިން ކޮޓަރީގެ ފްލެޓްތަކަށް 13000 ރުފިޔާ ނަގަން ޖެހޭނެ ކަމަށެވެ.

އެފްޑީސީ އިން އަޅާ ދެ ކޮޓަރީގެ ފްލެޓެއްގެ ސިޓިން ރޫމް

ކުރީ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ ކުލިން 2000 ރުފިޔާ ބޮޑިކޮށްފި އެވެ.

ކުރީ ސަރުކާރުން ތިން ކޮޓަރީގެ ފްލެޓްތަކަށް ކަނޑައަޅާފައި ވަނީ 7000 ރުފިޔާ އެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް ކަނޑައަޅާފައި ވަނީ 5000 ރުފިޔާ އެވެ. މިފްލެޓްތަކުގެ މެއިންޓެނެންސަށް ކަނޑައަޅާފައި ވަނީ 1000 ރުފިޔާ އެވެ.

ފްލެޓް ލިސްޓާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވީ ކުރީ ސަރުކާރުން ކަނޑައަޅާފައިވާ އަދަދުތަކަކީ ދައުލަތުން ދައްކަން ޖެހޭ ލޯނުގެ ފައިސާގެ އަދަދަށް ބަލައިގެން ހަދާފައިވާ އަދަދުތަކެއް ނޫން ކަމަށެވެ. 

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރަގަޅަށް އެސެސްމެންޓްތައް ހެދުމަށްފަހު، ދެ ކޮޓަރީގެ ފްލެޓްތަކުން މަހަކު 9000 ރުފިޔާ އަދި ތިން ކޮޓަރީގެ ފްލެޓްތަކަށް 13000 ރުފިޔާ ނަގަން ޖެހޭނެ ކަމަށެވެ.

"އެފްޑީސީގެ ހިސާބުތަކަށް ބަލާއިރުގައި ލޯނު ދެއްކުމަށް ބޭނުންވާ ފައިސާ ދެއްކުމަށް ޓަކައި، މާނައަކީ އެކްޒިމް ބޭންކުން ނަގައިފައިވާ ލޯނަކުން 85 ޕަސެންޓުން މިކުރާ މަސައްކަތުން، އެ ލޯނު ދެއްކުމަށް ބޭނުންވާ ފައިސާ ސަރުކާރުން ހޯދާ ނަމަ ތިން ކޮޓަރީގެ ފުލެޓަކުން 13،000 ރުފިޔާ ނަގަން ޖެހޭ މަހު ކުއްޔަށް، ދެ ކޮޓަރީގެ ފުލެޓަކުން 9،000 ރުފިޔާ ނަގަން ޖެހޭ،" މުއްތޮލިބު ވިދާޅުވިއެވެ.

ނަމަވެސް ރައްޔިތުންނަށް އެންމެ ލުއިވާނެ ގޮތް ބަލައި، އަގުތައް ކުޑަކޮށްފައިވާނެ ކަމަށެވެ. އެގޮތުން މިހާރު ސަރުކާރުން މި ފްލެޓްތަކަށް މަހަކު ނަގަން ކަނޑައަޅާފައި ވަނީ؛

  •  ދެ ކޮޓަރީގެ ފްލެޓްތައް: މެއިންޓެނެންސް ފައިސާއާއެކު މަހަކު 8000 ރުފިޔާ، ޑައުންޕޭމަންޓަށް 15،000 ރުފިޔާ
  •  ތިން ކޮޓަރީގެ ފްލެޓްތައް: މެއިންޓެނެންސް ފައިސާއާއެކު މަހަކު 10،500 ރުފިޔާ، ޑައުންޕޭމެންޓަށް 25،000 ރުފިޔާ

މިހާރު ކަނޑައަޅާފައިވާ ގޮތުން، ދެ ކޮޓަރީގެ އެޕާޓުމެންޓްތަކުގެ މަހު ކުއްޔަކީ 7000 ރުފިޔާ އެވެ. ޖުމްލަ 8000 ރުފިޔާ އަކީ މެއިންޓެނެންސަށްވާ 1000 ރުފިޔާއާ އެކު އެވެ. ތިން ކޮޓަރީގެ އެޕާޓްމެންޓްތަކުގެ މަހު ކުއްޔަކީ 9000 ރުފިޔާ އެވެ. މެއިންޓެނެސްސަށް ނަގަން ނިންމާފައި ވަނީ 1500 ރުފިޔާ އެވެ. 

މިނިސްޓަރު ވިދާޅުވީ މި އަގުތަކާ އެކު ވެސް ލޯނަށް ސަބްސިޑައިން ކުރުމަށް ބަޖެޓުން 100 މިލިއަން ރުފިޔާ އަހަރަކު ހޭދަވާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.