މިދިޔަ ނޮވެމްބަރު މަހު އިންފްލޭޝަން ހުރީ 2.47 ޕަސެންޓުގަ އެވެ. އަދި ޑިސެމްބަރު މަހު 1.11 ޕަސެންޓަށް ވެއްޓުމަށްފަހު މިހާރު ހުރީ 0.33 ޕަސެންޓުގަ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިފެން ރާއްޖޭގެ ބާޒާރުގައި ހިދުމަތާއި ތަކެތީގެ އަގުތައް ދިޔައީ އުފުލެމުންނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް ތަކެތީގެ އަގުތައް ހުރީ 1.11 ޕަސެންޓުގަ އެވެ.
ނަމަވެސް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުގައި ޖެނުއަރީ މަހު ރާއްޖޭގެ އިންފްލޭޝަން ހުރީ 0.33 ޕަސެންޓުގަ އެވެ. މިފަހުން ރާއްޖޭގައި އަގުތައް އެންމެ ބޮޑަށް އުފުލިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެ މަހު
މި އަހަރުގެ ޖެނުއަރީ މަހު އަގުތައް އެންމެ ބޮޑަށް އުފުލިފައިވަނީ މަހުގެ އެވެ. މިބައިގެ އަގުތައް ވަނީ +5.19 ޕަސެންޓް އުފުލިފަ އެވެ.
ޖެނުއަރީ މަހު އަގުތައް ދަށަށް ގޮސްފައިވަނީ އުންފަތުގެ ބާވަތްތަކުގެ އެވެ. މިދިޔަ މަހު އުންފަތުގެ ބާވަތްތަކުގެ އަގުތައް ވަނީ -3.86% ޕަސެންޓް ވެއްޓިފަ އެވެ. އަދި ފޯނު ހިދުމަތުގެ އަގުތައް ވެސް -7.72% ޕަސެންޓަށް ވެއްޓިފައިވެ އެވެ. މީގެ އިތުރުން ކަރަންޓުގެ އަގު -1.74% ދަށްވެފައިވެ އެވެ. އަދި ފަރުނީޗަރާއި ކާޕެޓް ފަދަ ތަކެތީގެ އަގުތައް -5.48% ޕަސެންޓުގެ ވެއްޓުމެއް އައިސްފައިވެ އެވެ. މީގެ އިތުރުން ސައިކަލްގެ އަގުތައްވެސް -1.62% ޕަސެންޓު ކުޑަވެފައިވެ އެވެ.
ސަރުކާރުން ވަނީ ތަކެތީގެ އަގުތައް ހިފަހައްޓަން ފިޔަވަޅުތަކެއް އަޅަން ނިންމާފަ އެވެ. މިގޮތުން އާއްމު 180 ބާވަތެއްގެ އަގު ލިސްޓެއް ހަދައި ސަރުކާރުން އަގުތަކަށް އަންނަ ބަދަލު ގާތުން ބަލަން ވަނީ ނިންމާފަ އެވެ. އަދި ތަކެތީ އަގު ހިފަހައްޓަން އެކި ސަރަހައްދުތަކުގައި ގުދަންތައް ގާއިމުކުރަން ވަނީ ނިންމާފަ އެވެ.