ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކޮށްދޭ ބާވަތުގެ މަޝްރޫއުތަކުގެ އިތުރުން، ސަލާމަތީ ހިދުމަތްތަކަށް ހާއްސަ ބައެއް މަޝްރޫއުތައް ވެސް ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން މިހާރު ކުރިއަށް ގެންދެވޭނެ.
ވަޒީރުންގެ މަޖިލީހުން ނިންމައިގެން ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކޮށްދޭ ބާވަތުގެ މަޝްރޫއުތައް ބިޑަކާ ނުލައި ނުވަތަ ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ކުރިއަށް ގެންދެވޭ ގޮތަށް މާލިއްޔަތު ގަވާއިދު ބަދަލުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މާލިއްޔާތު ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން، ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކޮށްދޭ ބާވަތުގެ މަޝްރޫއުތަކުގެ އިތުރުން، ސަލާމަތީ ހިދުމަތްތަކަށް ހާއްސަ ބައެއް މަޝްރޫއުތައް ވެސް ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން މިހާރު ކުރިއަށް ގެންދެވޭނެ އެވެ.
އަދި ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކޮށްދޭ ބާވަތުގެ މަޝްރޫއުތަކާއި ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތައް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅަން ޖެހޭ ގޮތަށް ވެސް އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.
މީގެއިތުރުން، ޕީއެސްއައިޕީގެ ތެރެއިން، ދައުލަތުގެ އޮފީހަކުން މިނިސްޓްރީ އަށް ހުށަހަޅައ،ި މިނިސްޓަރުގެ ލަފާގެ މަތިން ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ ވަކި މަޝްރޫއެއް ހަވާލުކުރުމަށް ނިންމައިފި ނަމަ، އެ މަޝްރޫއަށް ބިޑު ސެކިއުރިޓީ އާއި ޕާފޯމަންސް ގެރެންޓީ ނުވަތަ ސެކިއުރިޓީ ނެގުން އިސްތިސްނާ ކުރުމުގެ އިހުތިޔާރު ވެސް މި އިސްލާހުގެ ދަށުން މިނިސްޓަރަށް ވަނީ ލިއްބައިދީފަ އެވެ.
އެފަދަ އިސްތިސްނާތައް ދެވޭ މަޝްރޫއުތައް ބަލަހައްޓާ ކަމާ ބެހޭ މިނިސްޓްރީއަކުން އެ މަޝްރޫއުތަކުގެ ޕްރޮގްރެސް ރިޕޯޓު އެކުލަވާލައި، މިނިސްޓްރީން އަންގާ ގޮތުގެ މަތީން ފޮނުވަމުން ގެންދަން ވާނެ ކަމަށް ވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
ފަސޭހަ ގޮތަކަށް ކަންކަން ވާން ޖެހޭ. އެކަމަކު ކޮރަޕްޝަނަށް ދޭން ޖެހޭނީ ޒީރޯ