މަޑިފުށީ މީހުން ބުނީ އަންހެން މީހާ ކުރަނީ ދޮގު ތުހުމަތެއް ކަމަށެވެ.
ތ. މަޑިފުށީގައި އަންހެނަކު ރޭޕުކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
މި މަހުގެ 23 ވަނަ ދުވަހު ހުށައެޅި މި މައްސަލައިގެ ތުހުމަތު އޮތް މީހާ މިހާރު މަރުވެފައިވާ ކަމަށްް ފުލުހުން ބުންޏެވެ.
އަދި ބުނީ އެ މީހާއަކީ އުމުރުން 63 އަހަރުގެ ދިވެހި ފިިރިހެނެއް ކަމަށެވެ.
މަޑިފުށީ މީހުން ބުނީ އަންހެން މީހާ ކުރަނީ ދޮގު ތުހުމަތެއް ކަމަށެވެ. އަދި އެ މީހާއަކީ އެގޮތަށް އެތައް ބަޔެއްގެ ބޮލުގައި ދޮގު ތުހުމަތު އަޅުވާފައިވާ މީހެއް ކަމަށެވެ.
ފިރިހެން މީހާ މަރުވީ އެ ހިތާމާގައި ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.
އެމަރާ ގުޅޭގޮތުން ފުލުހުން އެއްޗެއް ނުބުނެ އެވެ.