ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ އެ ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުންނެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ޖޭއެސްސީއިން ސަސްޕެންޑްކޮށްފި އެވެ.
ޖޭއެސްސް އީން މިއަދު ބޭއްވި ބައްދަލުވުމުގައި ތިން ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވަނީ އެ ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުންނެވެ.
ޖޭއެސްސްއީން ތިން ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދު ކުރަން ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލް ފާސްކުރިތާ ކުޑައިރުކޮޅެއް ފަހުންނެވެ.