ގައުމީ ބޭންކްއަކީ ރާއްޖޭގައި އޭޓީއެމްގެ ހިދުމަތް ފުޅާ ކުރަމުންނެވެ. މިހާރު އެ ބޭންކްއަކީ ރާއްޖޭގެ އެންމެ ބޮޑު އޭޓީއެމް ނެޓްވޯކް އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ދ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ބަހައްޓައި މުޅިރާއްޖޭގައި އޭޓީއެމްގެ ވިއުގަ
157 އަށް ފުޅާކޮށްފި އެވެ.
ބީއެމްއެލް އިން އިއްޔެ ވަނީ ދ. ހުޅުދެލީގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ބަހައްޓާފަ އެވެ. މި އޭޓީއެމްއާއެކު ދ. އަތޮޅުގެ ހުރިހާ ރަށެއްގައި ހުރި އޭޓީއެމްގެ އަދަދު ވަނީ 157 އަށް އިތުރުވެފަ އެވެ. އައު ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފު ވިދާޅުވީ ހުޅުދެލީގައި އައު އޭޓީއެމްއެއް ޤާއިމްކުރެވުމާއެކު، ވަކިވަކިން އޮންނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭ އަތޮޅުތަކުގެ ތެރެއިން ދ. އަތޮޅަކީ މިހާރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އޭޓީއެމް ޤާއިމްކުރެވިފައިވާ ހަމައެކަނި އަތޮޅު ކަމުގައި އުފަލެކެވެ.
ހުޅުދެލީގައި ގާއިމުކުރެވުނު އޭޓީއެމްގެ ޚިދުމަތާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 100 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 157 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.