ރާއްޖެ އިސްތިހާރު ކުރަން ބުކިން ޑޮކްޓޮމްއާއެކު އެއްބަސްވުމަކަށް

މި އެއްބަސްވުމުގެ ދަށުން 2027 ވަނަ އަހަރު ޖެނުއަރީ މަހުގެ ނިޔަލަށް ރާއްޖެ އިސްތިހާރު ކުރަން ބުކިން ޑޮޓްކޮމްއާއެކު ރާއްޖޭން މަސައްކަތް ކުރާނެ އެވެ.

އެމްއެމްޕީއާރުސީ އާއި ބުކިން ޑޮޓްކޮމްއިން އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން

ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރު ކުރަން ދުނިޔޭގެ އެންމެ ބޮޑު ބުކިން އިންޖީން ކަމަށްވާ ބުކިން ޑޮޓްކޮމްއާއެކު އެމްއެމްޕީއާރުސީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. 

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އިން ބުނީ ދުނިޔޭގެ އެންމެ ބޮޑު ބޮޑު އެއް ޑިޖިޓަލް ޓްރެވަލް ޕްލެޓްފޯމް ކަމަށްވާ ބުކިންގްކޮމް އާ ގުޅިގެން ރާއްޖެ އަކީ ދަތުރުފަތުރަށް އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރު ކުރަން ވެވުނު އެއްބަސްވުމާއެކު ބައިނަލްއަޤްވާމީ ވަސީލަތްތަކާއި މާކެޓިންގ ތަޖުރިބާގެ ބޭނުންހިފައި ރާއްޖޭގެ ރަށްރަށުގެ ގުދުރަތީ ރީތިކަމާއި ހިތްގައިމު ސަގާފަތާއި ތަފާތު ތަޖުރިބާތައް ދައްކުވައިދީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވިގެންދާނެ އެވެ.

އެމްއެމްޕީއާރުސީން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެކުލަވާލާފައިވާ މި އެއްބަސްވުމުގައި ބުކިންގް.ކޮމް އާއި އެމްއެމްޕީއާރުސީ ގުޅިގެން ހިންގާ ގިނަ ހަރަކާތްތަކާއި ކެމްޕެއިންތަކާއި ސްޓްރެޓެޖިކް ޕާޓްނާޝިޕްތައް ހިންގުމަށް ޓަކައި ގުޅިގެން ކުރިއަށް ގެންދާ ފްރޭމްވޯކެއް ވަނީ ތައްޔާރުކޮށްފަ އެވެ.

މި މަސައްކަތްތަކުގެ ތެރޭގައި އިނޮވޭޓިވް މާކެޓިންގ މެދުވެރިކޮށް ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު އިތުރުކުރުމާއި، ބުކިންގް.ކޮމްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ހުށަހެޅުންތައް ފެންނަ މިންވަރުތައް އިތުރުކުރުމާއި، ޖޮއިންޓް މާކެޓިންގ ކެމްޕޭންތައް ހިންގުން ހިމެނެއެވެ. މީގެ އިތުރުން، ފަތުރުވެރިންނަށް އެކޮމޮޑޭޝަން ދޭ ފަރާތްތަކަށް ހުނަރު ބިނާކުރުމުގެ ވޯކްޝޮޕްތައް ބޭއްވުމާއި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އާދަތައް ކުރިއެރުވުންވެސް ފާހަގަކޮށްލެވެ އެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ މި ޕާޓްނާޝިޕަކީ ރާއްޖޭގެ ރީތިކަމާއި ތަފާތުކަން ބައިނަލްއަގްވާމީ ފެންވަރުގައި ދައްކުވައިދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

"ބުކިންގް.ކޮމްގެ ފުޅާ ނެޓްވޯކާއި ޑިޖިޓަލް މާކެޓިންގެ ބޭނުން ހިފައިގެން އަޅުގަނޑުމެންގެ އަމާޒަކީ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުކޮށް، ފަތުރުވެރިކަން ކުރިއެރުވުމަށް މަގުފަހިކޮށްދިނުން. އަދި މި އެއްބަސްވުމުގެ ސަބަބުން، ދުނިޔޭގެ ފެންވަރުގައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި، ބައިނަލްއަޤްވާމީ އޯޑިއަންސަކަށް ވާޞިލްވެ، ރާއްޖެއަކީ އެންމެ މަތީ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މަގުފަހިވެގެންދާނެ،" ޝިއުރީ ވިދާޅުވި އެވެ.

މި އެއްބަސްވުމުގެ ދަށުން ބުކިންގްކޮމްއިން ކުރިއަށްގެންދާނެ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މައިދާނުގައި މަސައްކަތްކުރާ ފަރާތްތަކާއި އެމްއެމްޕީއާރުސީގެ މުވައްޒަފުންނަށް ސަޕްލައި ޗެއިން އޮޕްޓިމައިޒޭޝަން ތަމްރީނު ދިނުމާއި އެމްއެމްޕީއާރުސީގެ މާކެޓިންގ ކެމްޕެއިންތަކަށް ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގުމާއި، ޓްރެވަލް ޓްރެންޑް އިންސައިޓްސް (ޑޭޓާ ޕްރައިވެސީ ގަވާއިދުތަކާ އެއްގޮތަށް) ހިއްސާކޮށް ޕްރޮމޯޝަނަލް ސްޓްރެޓެޖީތައް އަންގައިދިނުން ހިމެނެ އެވެ. މީގެ އިތުރުން، ބުކިންގް.ކޮމްއިން އެމްއެމްޕީއާރުސީގެ ޑެސްޓިނޭޝަން މާކެޓިން އިނީޝިއޭޓިވްސްއަށް ބޭނުންވާ އިންޕުޓް ފޯރުކޮށްދީ، އެމްއެމްޕީއާރުސީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުގެ އާދަތައް އަމަލީގޮތުން ދުނިޔެއަށް ޕްރޮމޯޓްކުރާނެ އެވެ. 

ބުކިންގްކޮމްގެ އިންޑިއާ. ސްރީލަންކާ، ރާއްޖެ އަދި އިންޑޮނޭޝިއާގެ ކަންޓްރީ މެނޭޖަރު ސަންތޯޝް ކުމާރު މި އެއްބަސްވުމާއި ގުޅޭގޮތުން ވިދާޅުވީ ރާއްޖެ އަކީ ފަތުރުވެރިން އެންމެ ދާންބޭނުންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީއާ ގުޅިގެން މަސައްކަތް ކުރަން ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ރާއްޖެއަކީ އާދަޔާ ޚިލާފު ދަތުރުފަތުރުގެ ތަޖްރިބާތަކެއް ލިބޭ ޤައުމެއް ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ތަފާތުކަން ދައްކުވައިދިނުމަށްޓަކައި ބުކިންގް.ކޮމްގެ ޕްލެޓްފޯމާއި ވަސީލަތްތަކުގެ ބޭނުން ހިފުމަށް އަޒުމް ކަނޑައަޅުއްވާކަމަށެވެ. މިއާއެކު ހާއްސަކޮށް ލޯކަލް އެކޮމޮޑޭޝަން ޕާޓްނަރުންނަށް ތަމްރީނާއި ހުނަރު ބިނާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ދިގު މުއްދަތަކަށް ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް ކަންޓްރީ މެނޭޖަރު ސަންތޯޝް ކުމާރު ވިދާޅުއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.