ޓޫރިސްޓުންގެ އަަދަދު ހަތަރު ލައްކަ ފަހަނަ އަޅައިފި

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 404,476 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 378,245 ޓޫރިސްޓުންނާ އަޅާބަލާއިރު 6.9 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖެއަށް މި އަހަރު އައި ޓޫރިސްޓުންގެ އަދަދު ހަތަރު ލައްކަ ފަހަނަ އަޅާފައިވާ ކަމަށް ޓޫރިޒަމް އެންޑް އެންވަޔަރުމަންޓް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީން ނެރުނު ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 404,476 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 378,245 ޓޫރިސްޓުންނާ އަޅާބަލާއިރު 6.9 ޕަސެންޓުގެ އިތުރުވުމެކެވެ. 

މި މަހަށް ބަލާއިރު ޓޫރިސްޓް ޑެއިލީ އެރައިވަލްސް މަތިވެފައިވާ ކަމަށް ދައްކަ އެވެ. މިމަހުގެ މިހާތަނަށް އެންމެ ގިނައިން އެއް ދުވަހެއްގެ މައްޗަށް ޓޫރިސްޓުން އައިސްފައިވަނީ 16 ވަނަ ދުވަހު އެވެ. އެ ދުވަހު 9,518 ޓޫރިސްޓުން އައިސްފައިވެ އެވެ. މިމަހު ޑެއިލީ އެރައިވަލްސް ހުރީ  7,354 ގަ އެވެ. 

މިމަހުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން ބައިލައްކައަށްވުރެ ގިނަ މީހުން އައިސްފައިވެ އެވެ. އަދި ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ރަޝިއާއިން 39,903 މީހުން އައިސްފައިވެ އެވެ. 

މިހާތަނަށް އެންމެ ގިނަ މީހުން އައި ގައުމުތައް

  • ޗައިނާ - 56,765
  • ރަޝިއާ - 39,903
  • ޔޫކޭ - 39,447
  • އިޓަލީ - 36,806
  • ޖަރުމަނީ - 24,275
  • އިންޑިއާ - 18,979
  • ފްރާންސް - 16,724
  • ޔޫއެސްއޭ - 12,329
  • ޕޮލެންޑް- 9,313
  • ސްވިޒަލޭންޑް - 8,322

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ 69 ޕަސެންޓް ތިބީ ރިސޯޓްތަކުގަ އެވެ. ރިސޯޓްތަކުގައި މިވަގުތު 278,949 ޓޫރިސްޓުން ޗުއްޓީ ހޭދަކުރަމުންދެ އެވެ، އަދި ގެސްޓްހައުސްތަކުގައި 104,392 ޓޫރިސްޓުން ޗުއްޓީ ހޭދަކުރަމުންދެ އެވެ. އަދި ހޮޓާތަކުގައި  11,033 ޓޫރިސްޓުން އައި ސަފާރީތަކުގައި 9,829 ޓޫރިސްޓުން ޗުއްޓީ ހޭދަކުރަމުންދާ ކަމަށް ދައްކަ އެވެ. 

މިދިޔަ އަހަރު ރާއްޖެއަށް ދެ މިިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިދިޔަ އަހަރު ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރިއިރު ޓޫރިޒަމަށް 5.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ކަމަށް ރިސޯޓް އޯނަރުން ތަމްސީލް ކުރާ ޖަމިއްޔާ މަޓީން ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.