ސުޕްރީމް ކޯޓްގެ ބެންޗު ކުޑަކުރުމުގެ އިސްލާހު ކޮމެޓީން ފާސްކޮށްފި

އެ ބިލް ޖުޑީޝަރީ ކޮމެޓީއަށް ފޮނުވުމުން މިއަދު ހަވީރު ވަނީ ކޮމެޓީ ބައްދަލްވުމެއް ބާއްވާފަ އެވެ. އަދި ކޮމެޓީން ނިންމީ އެ ބިލް ފާސްކުރުމަށެވެ. ވޯޓް ނުދެއްވާ ތިން މެންބަރަކު ތިއްބެވި އެވެ. އެއީ ޕީއެންސީގެ މެންބަރަކާއި އެމްޑީޕީގެ ދެ މެންބަރުންނެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ ބައްދަލްވުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު، ފަސް ފަނޑިޔާރުންނަށް މަދުކުރަން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އަމިއްލަ ގޮތުން ހުށަހެޅުއްވި ބިލު، ކޮމެޓީން މިއަދު ފާސްކޮށްފި އެވެ. 

ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ހަތް ފަނޑިޔާރުންގެ ބެންޗު، ފަސް ފަނޑިޔާރުންނަށް ހުށަހަޅުއްވާފައިވަނީ، ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދެވެ. ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވެވަޑައިގެންނެވިޔަސް، އޭނާ އެ ބިލު ހުށަހަޅުއްވާފައިވަނީ އަމިއްލަ ގޮތުންނެވެ. އެ ބިލު މަޖިލީހަށް ބަލައިގަތުމާ މެދު މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތް ޕީއެންސީގެ މެމްބަރުން ވަނީ އެ ބިލަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އެ ބިލު މަޖިލީހަށް މިއަދު ބަލައިގެންފައިވަނީ، އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލު ބަލައިގަތުމާ ދެކޮޅަށް 12 މެމްބަރަކު ވޯޓު ދެއްވި އެވެ.

އެ ބިލް ޖުޑީޝަރީ ކޮމެޓީއަށް ފޮނުވުމުން މިއަދު ހަވީރު ވަނީ ކޮމެޓީ ބައްދަލްވުމެއް ބާއްވާފަ އެވެ. އަދި ކޮމެޓީން ނިންމީ އެ ބިލް ފާސްކުރުމަށެވެ. ވޯޓް ނުދެއްވާ ތިން މެންބަރަކު ތިއްބެވި އެވެ. އެއީ ޕީއެންސީގެ މެންބަރަކާއި އެމްޑީޕީގެ ދެ މެންބަރުންނެވެ.

ވޯޓް ނުދެއްވާ އިންނެވި ޕީއެންސީ މެންބަރަކީ ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމެވެ.

މިއަދުގެ ޖަލްސާގައި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން، ދިއްގަރު ދާއިރާގެ ޕީއެންސީ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތިއްބެވީ ސިޔާސީ އޮއިވަރުގައި ޖެހިގެން ކަމަށާއި އަދި ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ ސިޔާސީ ހުކުމްތައް ނެރެމުންދާ ކަމަށެވެ.

"ސިޔާސީ ވެރިން ޖަހާ ބެރުތަކަށް ނެށުމަށް ތައްޔާރަށް ތިބިކަމުގެ ސިގްނަލްތައް ދެމުންދާ ތަން ފެންނަނީ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ބިލް ބަލައިގަނެ، މިއީ ގެންނަން ފެންނަ ބަދަލަކަށްވާ ނަމަ އެކަން ކުރަން ޖެހޭ ކަމަށެވެ.
އޭގެ ރައްދުގައި، އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަނީ މި ބިލަކީ ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒު ފޯރުވަން ހިންގާ އަމަލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު މަދުކުރަން މަސައްކަތް ކުރަނީ ސަރުކާރުން މި ވަގުތު ބޭނުންވާ ކަންތައްތަކެއް ކޯޓުގެ ތެރެއިން ނުކުރެވިގެން ކަމަށެވެ.

"މި މަޖިލިސް މެންބަރުން ލައްވާ މިގޮތަށް މިކަން ކުރުވުމަކީ މެންބަރުންގެ ބޮލުގައި އެއިރަކު އޮންނަ ސަރުކާރަކުން އަބަދުވެސް އަޅުވާ ބޮޑު ސިންގާ ކަމެއް،" ނާޒިލް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.