ކާބޯތަކެތި އިސްތިހާރު ކުރެވޭނީ އެމްއެފްޑީއޭ އިން ފާސްކޮށްގެން

އެމްއެފްޑީއޭގެ ގަވައިދުގައިވާ ގޮތުން އެނާޖީ ޑްރިންކްފަދަ ބާވަތްތަކުގެ އިސްތިހާރު ފާސްކުރަން 3،000ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. މި ގަވައިދާ ހިލާފުވެއްޖެނަމަ ޖޫރިމަނާ ކުރެވޭނެ އަދަދުތަކެއްވެސް ބަޔާންކޮށްފައިވެ އެވެ.

ހުޅުމާލޭގައި ހިންގާ ފިހާރައެއް : އިސްތިހާރު ކުރުމާ ބެހޭ ގަވައިދުގެ އެމްއެފްޑީއޭއިން ވަނީ ނެރެފަ

ހައްދުން ނެއްޓިފައިވާ ކާބޯތަކެތި އިސްތިހާރު ކުރުމުގެ ކަންކަން ހަމައަކަށް އަޅުވަން ކާބޯތަކެތި އިސްތިހާރު ކުރުމުގައި އަމަލު ކުރަން ޖެހޭނެ އުސޫލުތައް ބަޔާންކޮން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ގަވައިދެއް ނެރެފި އެވެ. 

އެމްއެފްޑީއޭ އިން ބުނީ "ކާބޯތަކެތި އިޝްތި ހާރުކުރުމާބެހޭ ގަވާއިދު" ނެރުމުގެ މަގުސަދަކީ ކާބޯތަކެތި އިޝްތިހާރު ކުރުމާބެހޭ މިންގަނޑުތައް ކަނޑައެޅުމެވެ. މި ގަވައިދު ނެރުމާއެކު އެއްވެސް ބާވަތެއްގެ ކާބޯއެއްޗެއް އިޝްތިހާރުކުރުމަށް އެދޭ ފަރާތްތަކުން
އެ އިޝްތިހާރެއް އޮތޯރިޓީ އަށް ހުށަހަޅައި ހުއްދަ ހޯދަން ޖެހެ އެވެ. 

ގަވައިދުގައިވާ ގޮތުން އިސްތިހާރު ކުރުމަށް ދޫކުރާ ހުއްދައިގެ މުއްދަތަކީ ތިން އަހަރު ދުވަހެވެ. ފާސްކުރާ އެއްވެސް ބާވަތެއްގެ ކާބޯއެއްޗެއް އިޝްތިހާރުކުރުމަށް އެދޭ ފަރާތްތަކުން އެ އިޝްތިހާރެއް އޮތޯރިޓއަށް ހުށަހަޅައި އޮތޯރިޓ ގެ ހުއްދަ ލިޔުމުން
ހޯދައިގެންނެވެ. 

އިސްތިހާރަށް ހުއްދަ އަށް އެދި ހުށަހަޅަން ޖެހެނީ އެމްއެފްޑީއޭގެ  ދިރިތި ޕޯޓަލް މެދުވެރިކޮށެވެ. ހުއްދަ ހޯދުމަށް އެދި ހުށަހަޅާއިރު އިޝްތިހާރުގެ ސްކްރިޕްޓާއި ފޮޓޯ އާއި ޑިއޯއާއި އޯޑިއޯ ހުށަހަޅަން ޖެހެ އެވެ. އިސްތިހާރު ހުންނަން ޖެހެނީ ދިވެހި ބަހާއި އިނގިރޭސި ބަހުންނެވެ. ކާބޯތަކެތީގެ އިސްތިހާރުގެ ހުއްދަ ދޭއިރު ވީޑިއޯ އަދި އޯޑިއޯނަމަ ފީއެއްގެ ގޮތުގައި 1،500ރ. އަދި މިނޫން އިސްތިހާރުތަކަށް 1،000ރ. ގެ ފީއެއް ނަގާނެ އެވެ. 

އިސްތިހާރު ފާސްކުރާއިރު ނަގާ ފީ ބޮޑުވާނެ ހާލަތެއް ވެސް މި ގަވައިދުގައިވެ އެވެ. އެއީ ފާސްކުރުމަށް ހުށަހަޅާ އިޝްތިހާރަކ ކާބޮނޭޓަޑް ޑްރިންކްސް ނުވަތަ އެނާޖީ ޑްރިންކްއެއްނަމަ އެވެ. މި ބާވަތުގެ އިސްތިހާރުތައް ފާސްކޮށްދެނީ 3،000ރ. ގެ ފީއެއް ދެއްކުމުންނެވެ. 

އިސްތިހާރުގެ ހުއްދައަށް ނަގާ ފީ

  • ވީޑިއޯ އާއި އޯޑިއޯ އިސްތިހާރެއްނަމަ 1500ރ.
  • އެނޫން އިސްތިހާރުތަކަށް 1000ރ.
  • އެނާޖީ ޑްރިންކް އާއި ކާބޮނޭޓަޑް ޑްރިންކުގެ އިސްތިހާރުތަކަށް 3،000ރ
  • ހުއްދަ ދޫކުރާނީ އެއް އަހަރުގެ މުއްދަތަށް

މި ގަވައިދުގައިވާ ގޮތުން ފާސްކުރާ އިސްތިހާރުގައި ހުންނަން ޖެހޭ ޝަރުތުތަކާއި އިސްތިހާރު ނުކުރެވޭނެ ބާވަތްތައް ބަޔާންކޮށްދީފައިވެ އެވެ. މީގެ އިތުރުން އިސްތިހާރު ނުކުރެވޭނެ ބާވަތްތައް ވެސް ބަޔާންކޮށްފައިވެ އެވެ. 

ކާބޯތަކެތި އިސްތިހާރު ކުރުމުގެ ގަވައިދުގައިވާ ގޮތުން ކާބޯތަކެތ ގެ އެއްވެސް ބާވަތެއްގެ އެއްޗަކުން ސިއްހަތަށް ވަކި ފައިދާއެއް
ކުރާނެކަމަށް ނުވަތަ އެކިއެކި ބަލިބަލިތަކުގެ ފަރުވާއަށް ރަނގަޅުވާނެކަމަށް ދޭހަވާގޮތަށް އިޝްތިހާރުކުރުމަކ މަނާކަމެކެވެ. ނަމަވެސް ވަކި ނިއުޓްރިއެންޓެއްގެ ގޮތުން ހަށިގަނޑަށް ފައިދާހުރި ބައިތައް އެކުލެވޭ ކާނާއަކުން ސިއްހަތަށް ފައިދާކުރާނެ ވާހަކަ ޖުމުލަގޮތެއްގައި ބަޔާންކުރުމަކީ އެކަން އެގޮތަށް ސާބިތުކޮށްދެވޭ ނަމަ ހުއްދަ ކަމެކެވެ. 

ގަވައިދާ ހިލާފުވެއްޖެނަމަ އަޅާނެ ފިޔަވަޅުތައް

  •  ފުރަތަމަ ފަހަރު ކުށްކުރި ނަމަ 10،000ރ. ގެ ޖޫރިމަނާއެއެއް
  •  ދެވަނަ ފަހަރު ނަމަ 100،000ރ. ގެ ޖޫރިމަނާއެއް
  •  ތިންވަނަ ފަހަރުނަމަ 300،000ރ. ގެ ޖޫރިމަނާއެއް

ކާބޯތަކެތީ އިސްތިހާރު ކުރުމުގެ ގަވައިދުގައިވާ ގޮތުން މި ގަވާއިދާ ހިޚިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްފައިވަނިކޮށް އޮތޯރިޓން އެ ކަމެއް އިސްލާހުކުރަން ނުވަތަ ހުއްޓައިލަން އެންގުމުން އެ އެންގުމަށް އަމަލުކޮށްފައި ނުވާނަމަ ގާނޫނުގައި ކަނޑައަޅައިފައިވާ އެންމެ ބޮޑު އަދަދަކުން ފުރަތަމަ ފަހަރު ވެސް ޖޫރިމަނާކުރުމުގެ އިހުތިޔާރު އެމްއެފްޑީއަށް އޮންނާނެ އެވެ. އަދި ހުއްދަ ބާތިލް ކުރުމުގެ ބާރުވެސް އެމްއެފްޑީއެއް ދީފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.