އެޗްޑީސީން "އަލް އަސްރް" އަދި "އިލްމް" ޖަމިއްޔާއާ ގުޅިގެން ރޯދައަށް ޕްރޮގްރާމްތަކެއް

ރޯދަމަހު އެޗްޑީސީ އާއި "އަލް އަސްރް" އަދި "އިލްމް" ޖަމިއްޔާއިން ގެނެސްދޭ މި ސީރީޒްތަކުގައި ކުޑަކުދިންނަށް ހާއްސަ ޕްރޮގްރާމްތަކެއްވެސް ހިމެނެ އެވެ.

އެޗްޑީސީ އާއި "އަލް އަސްރް" އަދި "އިލްމް" ޖަމިއްޔާ ގުޅިގެން ރޯދަ މަހު ކުރިއަށް ގެންދާ ޕްރޮގްރާމެއް

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް، މުޖްތަމައުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް، އެޗްޑީސީން "އަލް އަސްރު" އަދި "އިލްމް ޖަމިއް" އާ ގުޅިގެން ރޯދައާ ގުޅޭ ހާއްސަ ވީޑިއޯ ސީރީޒް ތަކެއް ގެނެސްދިނުމަށް ނިންމައިފި އެވެ.  

މި ސީރީޒްތަކުގެ މަގްސަދަކީ ރޯދަ މަހާ ދިމާކޮށް އެ މަހަށް ބޭނުންތެރި އިލްމީ މައުލޫމާތު ފޯރުކޮށްދިނުމާއެކު އިސްލާމީ ރިވެތި އާދަތަކާއި ދީނުގައި ކަންކަން އޮންނަ ގޮތް، ޝައުގުވެރި އަދި މައުލޫމާތުން ފުރިގެންވާ ވީޑިއޯތަކެއްގެ ސިފައިގައި ގެނެސްދިނުމެވެ.
އެގޮތުން، "އަލް އަސްރު" އާއި އެޗްޑީސީ ގުޅިގެން "ގެއްލޭނެ ތަ" ނަމުގައި މީހުން ހޭލުންތެރި ކުރުމަށް ވީޑިއޯ ސީރީޒްއެއް ގެނެސްދިނުމަށް ވަނީ ނިންމާފަ އެވެ.

ގެއްލޭނެ ތަ ސީރީޒް - މި ސީރީޒްގެ ދަށުން، ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އިލްމީ މައުލޫމާތުން ފުރިގެންވާ ވީޑިއޯއެއް ދޫކޮށްލެވޭނެ އެވެ. މިއީ ރަމަޟާން މަހުގައި ރޯދަ ހިފުމުގެ މުހިންމުކަމާއި މާތްކަން އުނގަންނައިދިނުމާއެކު މުޖްތަމައުގައި ދީނީ ސާބިތުކަން އިތުރުކޮށް ހޭލުންތެރި ކުރުމަށް ކުރިއަށްގެންދެވޭ ސީރީޒް އެކެވެ. އޭގެ އިތުރުން، "އިލްމް" ޖަމިއްޔާއާ ގުޅިގެން، "ވާހަކަޔޯ ވާހަކަޔޯ" ގެ ނަމުގައި ކީރިތި ރަސޫލާގެ ސުންނަތުގެ އަލީގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ގެނެސްދޭ ވާހަކަ ސީރީޒްއެއް ކުރިއަށްގެންދެވޭނެ އެވެ.

ހުޅުމާލޭގެ ހިތްގައިމު މާހައުލުތަކުން މި ވާހަކަ ސީރީޒް ގެނެސްދޭނީ ޝައިހް ޖައުފަރު މުހައްމަދު އުސްމާންއެވެ. މީގެ މަގްސަދަކީ، އިސްލާމްދީނުގެ އަސްލުތަކުގެ މައްޗަށް ބިނާކޮށްގެން ހަދާފައިވާ އިލްމީ ވާހަކަތަކެއް ޝައުގުވެރި ގޮތަކަށް ކުޑަކުދިންނަށް ފޯރުކޮށްދިނުމެވެ. އެގޮތުން މި ސީރީޒްގެ ދަށުން ރޯދަ މަހަގެ ކޮންމެ ހޮނިހިރު ދުވަހަކު ވާހަކަ އެޕިސޯޑެއް އެޗްޑީސީ އަދި އިލްމު ޖަމިއްޔާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ގެނެސްދެވޭނެއެވެ. މިއީ، އެޗްޑީސީން އިލްމް އިންސްޓިޓިއުޓާ ގުޅިގެން މި ސީރީޒް ގެނެސްދޭ ދެވަނަ އަހަރެވެ.

މި ސީރީޒްގެ ސަބަބުން، ޝައުގުވެރި ގޮތަކަށް ކުޑަކުދިންނަށް ދީން އުނގެނުމަށް ބާރުއެޅިގެންދާނެ އެވެ. އެޗްޑިސީގެ އަމާޒަކީ ކުރިއަށް އޮތް ރަމަޟާން މަހުގައި އެކި ދާއިރާތަކުން މީހުން ހޭލުންތެރިކަން އިތުރު ކުރުމާއެކުއެކު މި ކޯޕަރޭޝަނުން ރަމަޟާން މަހާ ދިމާކޮށް އާންމުންނަށް ފޯރުކޮށްދޭ މައުލޫމާތުތަކަކީ އެ މަހަށް ބޭނުންތެރި މައުލޫމާތުތަކަކަށް ހެދުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.