އިހުސާންގެ އިތުބާރު ނެތް މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިހުސާން މަގާމުން ވަކި ކުރަން އެމްޑީޕީގެ 12 މެމްބަރަކު ސޮއިކޮށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅީ، އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ.

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކި ކުރަން އިދިކޮޅު އެމްޑީޕީން އިސްވެ ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފި އެވެ. 

އިހުސާން މަގާމުން ވަކި ކުރަން އެމްޑީޕީގެ 12 މެމްބަރަކު ސޮއިކޮށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅީ، އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ.

މިގޮތުން، ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށްގެން، އާންމުންގެ އެތައް ބައެއްގެ ޒާތީ މައުލޫމާތު ނަގައި، ވެރިކަން ކުރާ ޕީއެންސީއަށް މެމްބަރުން ވެއްދުމާއި، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަން އިމިގްރޭޝަނުން ބޭނުންކުރުމަށް އެކްސްޕެޓް ސިސްޓަމެއް ގާއިމްކޮށްފައި ވަނިކޮށް، އެ ނިޒާމް ހުއްޓުވައި ދައުލަތަށް ބޮޑު ގެއްލުމެއްވާ ގޮތަށް މެލޭޝިޔާގެ ކުންފުންޏަކަށް ދިން ކަމުގެ ތުހުމަތު އިހުސާންގެ މައްޗަށް އެމްޑީޕީން ވަނީ ކޮށްފަ އެވެ.

މި މައްސަލައިގެ ޖުމްލަ ދެ ގަޑިއިރުގެ ތެރެއިން، ޖަވާބުދާރީވުމަށް އިހުސާނަށް އެއް ގަޑިއިރު ދޭން މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމައިފަ އެވެ.

މަޖިލީހުގައި ޕީއެންސީގެ ސާފު މެޖޯރިޓީ އޮތް އިރު، މި މައްސަލަ އެމްޑީޕީއަށް ކާމިޔާބުވުން ނާދިރެވެ. 

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ މެމްބަރަކާ ދެކޮޅަށް ހުށަހެޅުނު އިތުބާރު ނެތް ކަމުގެ ފުރަތަމަ މައްސަލަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.