އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ އެ މައްސަލަ ބެލުމަށް ފަހު މިހާރު އެ އަންހެން މީހާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. ތަފްސީލެއް ނުދެ އެވެ.
އަންހެން ޓީޗަރަކު ފިރިހެން ދަރިވަރަކަށް ގުރޫމް ކުރި މައްސަލައެއް ބެލުމަށް ފަހު އެ އަންހެން މީހާ ވަޒީފާއިން ވަކިކޮށްފި އެވެ.
ގްރޫމް ކުރި މި ހާދިސާ ހިނގީ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައެވެ. އަންހެން މީހާ ގްރޫމް ކުރީ ގުރޭޑް އަށެއްގައި ކިޔަވަމުންދާ ދަރިވަރަކަށެވެ.
މި މައްސަލަ ފުލުހަށް ހުށައެޅީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުދީ ކުރީން ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. މިއީ ކުޑަކުއްޖަކު ހިމެނޭ މައްސަލައެއް ވާތީ ކުއްޖާގެ ރައްކާތެރި ކަމަަށްޓަކާ ހާދިސާ ހިނގި ރަށާއި އަތޮޅު ހާމަ ނުކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ އެ މައްސަލަ ބެލުމަށް ފަހު މިހާރު އެ އަންހެން މީހާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. ތަފްސީލެއް ނުދެ އެވެ.