މަޝްރޫއުތައް ހިންގުމަށް ރާވާފައި ވަނީ އެންމެ ހަރަދު ކުޑަކޮށް، އެންމެ ރަނގަޅަށް: ރައީސް

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ބޭނުންފުޅުވެވަޑައިގެންނެވި ގޮތަށް އޭގެ ތެރެއިން ދެ ހެކްޓަރު ވަކިން، ވަކި ރަށެއްގެ ގޮތުގައި ހިއްކައިދެއްވާނެ ކަމަށެވެ.

ރައީސް މާއެނބުދީޫގައި ވާހަކަފުޅު ދައްކަވަނީ

ސަރުކާރުން މަޝްރޫއުތައް ހިންގުމަށް ރާވާފައިވަނީ އެންމެ ހަރަދު ކުޑަކޮށް، އެންމެ ރަނގަޅަށް ކަން ކުރެވޭ ގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު މާއެނބޫދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެ މަނިކުފާނު ބޭނުންފުޅު ވަނީ ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުން އެދޭ އަމާޒަށް ކަންކަން ކުރައްވަން ކަމުގައި ވިދާޅުވިއެ ވެ. އެ ގޮތުން މާއެނބޫދޫއަށް ވަޑައިގެންނެވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ރަށު ރައްޔިތުންނާއި ބައްދަލު ކޮށްލައްވައި، އެ ރަށު ރައްޔިތުންނަށް މިހާރަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ބިންހިއްކުމުގެ މަޝްރޫއުގެ ޔަގީންކަން ދެއްވުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި ވިދާޅުވީ އީއައިއޭ ފާސްވުމާއެކީގައި އަމަލީ ގޮތުން ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އެއާއެކު އެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް، ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް، 30 ހެކްޓަރުގެ ބިން ހިއްކާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ރައީސް ދ އަތޮޅުގައި

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ބޭނުންފުޅުވެވަޑައިގެންނެވި ގޮތަށް އޭގެ ތެރެއިން ދެ ހެކްޓަރު ވަކިން، ވަކި ރަށެއްގެ ގޮތުގައި ހިއްކައިދެއްވާނެ ކަމަށެވެ.

‎"އަޅުގަނޑުމެންގެ ކޮންސެޕްޓަކީ ކުރީގައި ހިނގާ ގޮތަށް ކަންކަން ގެންދިއުމެއް ނޫން. ކުރީގައި ފެށިފައިހުރި މަޝްރޫޢުތައް ފެށިފައިހުރީ ސަބްބޭސް އަޅާނީ ވަކި ކުންފުންޏަކުން، ޓަރފް އަޅާނީ ވަކި ކުންފުންޏަކުން، ލައިޓު ޖަހާނީ އެހެން ބަޔަކު، ރޮސްޓްރަމް ހަދަންޏާ ހަދާނީ އެހެން ބަޔަކު. އެގޮތަކަށް ނުކުރާނެ އަޅުގަނޑުމެންނެއް. އަޅުގަނޑުމެން އެކަން ކުރެވޭނެ އެންމެ ރަނގަޅުގޮތަށް ރާވާފަ، ސަރުކާރުގެ ކުންފުނިތަކުން އަދި ބަލްކުކޮށް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޓުބޯޅަ ދަނޑުތަކާ ފުޓްސަލް ދަނޑުތަކާ ނެޓްބޯލް ދަނޑުތަކާ، މި ހުރިހާތާކަށް ބޭނުންވާ ފެންސް، ލައިޓް، މި ހުރިހާ އެއްޗެއް ގެނައުމުގެ ކަންތައްވެސް އެންމެ ޚަރަދު ކުޑަކޮށް، އެންމެ އިފެކްޓިވްކޮށް ކުރެވޭގޮތަށް މިހާރު އެއޮތީ ރާވާފައި،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން ކުރިއަށް ގެންދަވާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި، ރައްޔިތުންގެ މަޖިލީހުގައި އެ މަނިކުފާނު އިއްވި ރިޔާސީ ބަޔާނުގައި ދެންނެވި ފަދައިން، ހުރިހާ ރަށެއްގައިވެސް ހުއްޓިފައިހުރި މަސައްކަތްތައް އަލުންފެ ށިގެން ދާނެ ކަމަށް ވިދާޅުވި އެވެ. ފެބުރުވަރީ އަދި މާރޗު މަހުގެ ތެރޭގައި އެ ވައުދު ފުއްދަވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

އަދި ރިޔާސީ އިންތިހާބުގައި، މާއެނބޫދޫގެ ތަރައްގީއަށް މައިގަނޑު ދެ ވައުދެއް ވެވަޑައިގެންފައިވާނެ ކަމަށާއި އެ ގޮތުން، ބިންހިއްކުމާއި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން ތައުލީމާއި ސިއްހަތުގެ ދާއިރާއިންވެ ސް ސަރުކާރުން އެކި މަޝްރޫއުތައް ކުރިއަށް ގެންދަވާ ކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.